Roadha Mihaaru
ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް، 20 މީހަކު ހައްޔަރު

ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް، 20 މީހަކު ހައްޔަރުކޮށްފި

14 ނޮވެމްބަރ 2016

ރޭ އިސްލާމިކް ޔުނިވަސިޓީ ކައިރިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރޭ އިސްލާމިކް ޔުނިވަސިޓީ ކައިރިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭން މިއަދު ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި ރޭ 8:30 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 18 އަހަރުގެ ޒުވާނެކެވެ.

އޭޑީކޭން ބުނީ އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ހާލު ސީރިއަސް ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.

މި މައްސަލައާ ގުޅިގެން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މަޖީދީ މަގުގައި މާރާމާރީ ހިންގައި ދެ މީހަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ މާރާމާރީ ހިންގީ މަރުތޭލާއި ލަކުޑިފަތި އާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެންނެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި 25-30 މީހަކު ހައްޔަރުކުރި އެވެ. އެކަމަކު 15 މީހަކު ފިޔަވައި ބާކީ ތިބި މީހުން ވަނީ ދޫކޮށްލާފަ އެވެ.