Roadha Mihaaru
ސިވިލް ސާވިސްގެ މުސާރަ ބޮޑު ކުރާނަން: އިބޫ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ އެކު، އިބޫގެ ގިނަ ވައުދުތަކެއް

09 ސެޕްޓެމްބަރ 2018

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމުގެ ވައުދުގެ އިތުރުން، އެހެން ގިނަ ވައުދުތަކެއް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވެވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމުގެ ވައުދުގެ އިތުރުން، އެހެން ގިނަ ވައުދުތަކެއް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވެވަޑައިގެންފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި، އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތަކުގެ ތެރޭގައި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކާއި އެމީހުންނަށް ލިބޭ އުޖޫރަ އާއި އިނާޔަތްތައް ތަފާތު ކުރުމެއް ނެތި ދިނުން ހިމެނޭ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމަށް، އިބޫ ވައުދުވެވަޑައިގެންނެވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރުގެ ކުރީކޮޅު ވަނީ އެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން ތިބޭއިރު، އެކި ގިންތިތަކަށް ބޮޑުކުރީ އެކި ވަރަށެވެ. މުވައްޒަފުންގެ މުސާރަ 700ރ. އިން ފެށިގެން 1،500ރ.އާ ދެމެދަށް ވަނީ ބޮޑުކޮށްފަ އެވެ. އެކަމަކު، އިބޫގެ މިރޭގެ ވާހަކައިގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ އަދަދެއް ވިދާޅެއް ނުވެ އެވެ.

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުސާރަ ބޮޑު ކުރުމުގެ ކުރިން، ސިވިލް ސާވަންޓުންގެ މުސާރަ ނިސްބަތުން ކުޑަ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުޖެހެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެ އަށް ގެންދަން ލިބެނީ ޑިގްރީ ފެންވަރުގެ މުވައްޒަފުންނަށް އެކަންޏެވެ.

އިދިކޮޅު ވެރިކަމެއްގައި ގެންގުޅުއްވާނެ ބައެއް ސިޔާސަތުތައް ހާމަ ކުރައްވައި، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަ ޖަލްސާގައި އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ ސިވިލް ސާވިސް އާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ބިރު ދައްކައި ނުހަދާނެ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުން ލިބޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ކުރިން، އެތައް ސަތޭކަ މީހުންނަށް އިޝާރާތް ކުރައްވައި، އިބޫ ވިދާޅުވީ މިރޭގެ ޖަލްސާ އަށް މަޖުބޫރުން ގޮސް ތިބި ބައެއް ނެތް ކަމަށެވެ. އިބޫ އެގޮތަށް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަލްސާތަކަށް، ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުކޮށްގެން ހާޒިރު ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން، ސަރުކާރަށް ފާޑު ކިއަމުންދާތީ އެކަމަށެވެ.

އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ޚުލާސާއެއް:

- ތިމާވެށި ހިމާޔަތް ކުރާނީ ފުރިހަމަ ގާނޫނީ ބާރާއި ތަސައްވުރުގެ ތެރެއިން.

- ޓޫރިޒަމް ދާއިރާގެ ވަޒީފާތައް އިތުރަށް ހުޅުވާލާނަން.

- ހަލުވިކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް އަލުން ގާއިމު ކުރެވޭނެ.

- އަމާޒަކީ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމު ފުޅާ ކުރާނަން.

- ހުރިހާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ވަށާޖެހޭ ތައުލީމެއް ލިބޭނެ.

- ފަށާ ތައުލީމުން ފެށިގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ތައުލީމް ހާސިލް ކުރެވޭނެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ވިދާޅުވި ގޮތުގައި، ޒުވާނުން އެދެނީ، ގައުމީ ސިޔާސަތުތައް ކަނޑައަޅާއިރު، އެމީހުންގެ އަޑު އަހާނެ ސަރުކާރެކެވެ. އިދިކޮޅު ސަރުކާރަކީ ޒުވާން ފިކުރު ނެރޭ، ވިޔަފާރީގެ ވިސްނުންތަކަށް އޮތް ހުރަހަކަށް ވުމުގެ ބަދަލުގައި އެ ފިކުރު ތަރައްގީކޮށް އެހީތެރިވެދޭނެ ސަރުކާރެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ޒުވާނުންނަކީ ހަމައެކަނި ފުޓްސަލް ކުޅޭ ބައެއް ކަމުގައި ދައްކުވައި، ރަށްތަކުގައި އުޅޭ މީހުންނަށް ހައްގުވަނީ ހަމައެކަނި ބަށި ކޯޓަކާއި ފުޓްސަލް ދަނޑެއް ކަމަށް ދައްކުވައި ނުދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވަނީ އެކިއެކި ވަސީލަތްތައް ގާއިމު ކުރަން ކަމަށާއި ބަދަލު ގެންނާނެ ބަޔަކީ ޒުވާނުން ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކުގެ އަސްލަކަށް ވެފައި އޮތީ ބޯހިޔާވަހިކަން ނުލިބުން ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް، އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

އިބޫ ވެވަޑައިގެންނެވި ވައުދުތަކުގެ ޚުލާސާއެއް:

- އިޖުތިމާއީ ގުޅުން ރަނގަޅުކޮށް، އަމާން މާހައުލެއް ގާއިމުކޮށްދޭނަން.

- ބައެއް މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ ތަހުގީގުތައް ފަށާނަން.

- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި ބަޖެޓުގެ ދަތިކަމެއް ނޯންނާނެ.

- ރާއްޖޭގައި ހެދިފައި ހުރި ގާނޫނު ތަންފީޒު ކުރާނަން.

- ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރިހަމަ އަޅާލުން ލިބޭނެ.

އިދިކޮޅު ވެރިކަމެއްގައި މާލެ އަށް އާބާދީ ތޮއްޖެއްސުމުގެ ބަދަލުގައި އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީކޮށް، މާލެ އަށް ލުޔެއް ހޯދައި ދިނުން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މާލެ އަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ބަދަލުވެގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަށް ޣައިރު ގާނޫނީ އަމުރުތަކެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ފުލުހުންނާއި ސިފައިންނަކީ ތަމްރީނާއި ވަސީލަތް ލިބިފައިވާ ޕްރޮފެޝަން އަދި ގާނޫނުއަސާސީ އާއި ޑިމޮކްރަޓިކް އުސޫލުތައް ނަގަހައްޓާނެ ބަޔަކަށް ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ސަލާމަތީ ހިދުމަތްތަކުގައި ތިބޭ މީހުން ވަކި މީހެއްގެ މުށު ތެރޭގައި ތިބުމަށް ޝަރުތު ކުރުމެއް ނެތި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށް ދޭނަން،"' އިބޫ ވިދާޅުވި އެވެ.