Roadha Mihaaru
އަހަރުތަކަކަށް ފަހު ޖޫހީ އާއި ރިޝީ އެކީގައި

ދުވަސްގަނޑަކަށް ފަހު ޖޫހީ ޗާވްލާ އާއި ރިޝީ ކަޕޫރް ފިލްމަކަށް އެކީގައި

18 ސެޕްޓެމްބަރ 2018

"ދަރާރް" ފަދަ ކާމިޔާބު ފިލްމުތަކެއް އެކީގައި ކުޅެފައިވާ ކުރީގެ މަޝްހޫރު ޖޯޑު ޖޫހީ ޗާވްލާ އާއި ރިޝީ ކަޕޫރް ގިނަ އަހަރުތަކަކަށް ފަހު އަނެއްކާ ވެސް އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ދަރާރް" ފަދަ ކާމިޔާބު ފިލްމުތަކެއް އެކީގައި ކުޅެފައިވާ ކުރީގެ މަޝްހޫރު ޖޯޑު ޖޫހީ ޗާވްލާ އާއި ރިޝީ ކަޕޫރް ގިނަ އަހަރުތަކަކަށް ފަހު އަނެއްކާ ވެސް އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

ދެ ތަރިން އަލަށް ސޮއިކުރި ފިލްމަކީ އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ ފެމިލީ ކޮމެޑީއެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ހިތޭޝް ބާޓިއާ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިތޭޝް ބާޓިއާ އާއި ސުޕްރަތިކް ސެންއާ އެވެ. ނިއު ދިއްލީގައި ޝޫޓް ކުރަން ހަމަޖެހިފައިވާ ފިލްމުގެ އިތުރު ކާސްޓުންނާއި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރިޝީ އާއި ޖޫހީ އާ ފިލްމްގެ ޓީމާ އެކު.

ރިޝީ، 66، އާއި ޖޫހީ، 50، އެކުގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ރިޝްތާ ހޯ ތޯ އޭސޭ (1992) އާއި ބޯލް ރާދާ ބޯލް (1992) އަދި ގަރް ކީ އިއްޒަތު (1994) ފަދަ ފިލްމްތައް ހިމެނެ އެވެ.

ޖޫހީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާއާ އެކު ކުރިން ވަރަށް ރީތި ފިލްމްތަކެއް ކުޅުނު އަނިލް ކަޕޫރާ އެކު ކުޅުނު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ހިމެނެ އެވެ. އަންނަ އަހަރުގެ ކުރީކޮޅަށް ތާވަލުކޮށްފައިވާ އެ ފިލްމުގައި ޖޫހީ ފެނިގެން ދާނީ ފިލްމުގައި ވެސް އަނިލްގެ ދަރިފުޅުގެ ރޯލް ކުޅޭ ސޯނަމް ކަޕޫރްގެ މަންމަގެ ރޯލުންނެވެ.

ޗޫހީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސް ދިން ވެބް ސީރީޒް "ދަ ޓެސްޓް ކޭސް" އިންނެވެ.

ރިޝީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެރުނު "މުލްކް" އެވެ.