Roadha Mihaaru
އިދިކޮޅާ ގުޅިވަޑައިގަތުމުގެ ދައުވަތު މުބީނަށް

ފައިސަލްގެ ދައުވަތު މުބީނަށް: އަލުން ރުޖޫއަވުމަކީ ދެވޭނެ ބޮޑު ހަދިޔާއެއް

12 އޯގަސްޓް 2018

ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މިއަދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މިއަދު ދެއްވައިފި އެވެ.

ފ. އާއި ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި، ފ. ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ މުބީނަކީ ރަނގަޅު މަގުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެ މަގަށް އަލުން ރުޖޫއަވުމަކީ ރައްޔިތުންގެ ހައްގުގައި ކުރެއްވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް މިއަދު ފީއަލީ އަށް ވަޑައިގެން، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް މިއަދު ފީއަލީ އަށް ވަޑައިގެން، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"އެ މަގަށް އަލުން ރުޖޫއަވުމަކީ ތިޔަ ބޭފުޅާގެ (މުބީން) ދާއިރާގެ ރައްޔިތުންގެ ހައްގުގަ އާއި އަތޮޅުގެ ރައްޔިތުންގެ ހައްގާއި މުޅި ރައްޔިތުންނަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތް. އަދި ރައްޔިތުންނާއި ތިޔަ ބޭފުޅާގެ ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ. މިއަދު މިވަނީ ވަގުތު ޖެހިފައި،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އެހެން ވިދާޅުވިއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މުބީން ނުކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. އެ ޕާޓީގައި މުބީނާއި ފައިސަލް ނަސީމް އެކުގައި މަސައްކަތް ކުރެއްވިތާ އަހަރެއްހާ ދުވަސް ފަހުން، މުބީން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް ވެސް މުބީން މަސައްކަތް ކުރައްވަނީ ޕީޕީއެމްގަ އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ވަގުތަކީ ފާއިތުވެ ދިއުމުން، ކިތަންމެ ވަރަކަށް ރޮއި، ހިތާމަ ކުރިޔަސް، އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. އިސްލާމް ދީނުގައި ބާރު އަޅާފައިވާ ގޮތަށް، ހެޔޮ ކަންކަން ކުރުމުގައި އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމް މިއަދު ފީއަލީ އަށް ކުރެއްވި ދަތުރު. - ފޮޓޯ: އެމްޑީޕީ

ފައިސަލް ނަސީމް މިއަދު ފީއަލީ އަށް ކުރެއްވި ދަތުރު. - ފޮޓޯ: އެމްޑީޕީ

މީގެ އިތުރުން، އަނިޔާވެރިކަމާއި އިންސާފު އެއްކިބާވެގެންވާ ކަންކަމާއި މުދާ ފޭރުމުގެ ކަންކަމަށް ވަރަށް ކެރިގެން ނޫނެކޭ ބުނަން ކެރެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަލްމަރްހޫމް ޑރ. މަޖީދު އަބަދުވެސް ދެއްވާ ނަސޭހަތް. ހެޔޮ ގޮތުގައި ތިބުމަށާއި ހެޔޮ ނަސޭހަތް ދޭ ބަޔަކަށް ވުމަށް އެންމެ ފަހު ނޭވާއާ ޖެހެންދެން މަސައްކަތް ކުރަން ޖެހޭ،" ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރަށެއްގެ ތަރައްގީ، އޭގެ ހެޔޮ ގޮތުގަ އާއި ރައްޔިތުން ބޭނުންވާ ގޮތަށް ގެނެވޭނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހަރަކާތްތެރިވެގެންނެވެ. ކައުންސިލަރުން ހެޔޮ މަގު ހިޔާރުކުރަން ބޭނުން ނަމަ، އިދިކޮޅާ ގުޅިވަޑައިގަތުމަށް ވެސް ފައިސަލް ދައުވަތު ދެއްވި އެވެ.