Roadha Mihaaru
ސެންޓާއި ކޮސްމެޓިކްސް އަށް ލެ ޕާފިއުމްގެ އާ ފިހާރައެއް

ސެންޓާއި ކޮސްމެޓިކްސް އަށް ލެ ޕާފިއުމްގެ އާ ފިހާރައެއް

18 ސެޕްޓެމްބަރ 2018

ގިނަ އަދަދެއްގެ ސެންޓާއި ރީތިވުމަށް ބޭނުންވާ ސާމާނާ އެކު ލެ ޕާފިއުމްގެ އާ ފިހާރަ ރޭ ހުޅުވައިފިއެވެ.

ނޫރާ ރަޝީދު ނޫރާ ރަޝީދު

ގިނަ އަދަދެއްގެ ސެންޓާއި ރީތިވުމަށް ބޭނުންވާ ސާމާނާ އެކު ލެ ޕާފިއުމްގެ އާ ފިހާރަ ރޭ ހުޅުވައިފިއެވެ.

މަޖީދީމަގު، ހުދުމާ ފިހާރަ ކައިރީ ހުންނަ މި ފިހާރަ ހުޅުވީ ޑީޖޭ އައްޔަގެ ހިތްގައިމު މިއުޒިކާ އެކުގަ އެވެ.

މި ރަސްމިއްޔާތުގައި ލެ ޕާފިއުމްގެ ޑިރެކްޓަރެއް ކަމަށްވާ އަހުމަދު ޔޫމަން ވިދާޅުވީ މީގެ ދެ އަހަރު ކުރިން ޑިޒައިނާ ފްރެގްރެންސް ވިއްކާ ބައެއްގެ ގޮތުގައި ލެ ޕާފިއުމްގެ ފުރަތަމަ އައުޓްލެޓް ހުޅުވި ނަމަވެސް އާ ފިހާރަޔާ އެކު އައި މި ބޮޑު ބަދަލުގައި ސެންޓުގެ އިތުރުން، ރީތިވުމަށް ބޭނުންކުރާ ގިނަ ޕްރޮޑަކްޓުތައް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

މީހަކު، ލެ ޕާފިއުމްގެ އާ ފިހާރާގައި ހުރި ސެންޓު ފުޅިތަކެއް ބަލަނީ. -- ފޮޓޯ: ހައްވާ އަމާނީ

މީހަކު، ލެ ޕާފިއުމްގެ އާ ފިހާރާގައި ހުރި ސެންޓު ފުޅިތަކެއް ބަލަނީ. -- ފޮޓޯ: ހައްވާ އަމާނީ

"މީ ފަސް އަހަރު ކުރިން އޮންލައިން ޕްލެޓްފޯމެއް ގޮތަށް ފެށި ކުޑަ ވިޔަފާރިއެއް. އޭރު މައިގަނޑު ޕްރޮޑަކްޓު ލައިނަކީ ޑިޒައިނާ ފްރެގްރެންސް. ދެއަހަރު ފަހުން ފުރަތަމަ ފިހާރަ ހުޅުވުމަށް ފަހު އަނެއްކާވެސް ލެ ޕާފިއުމްގެ ބޮޑު ޝޯރޫމެއް ހުޅުވިގެން މިދަނީ ސްކިން ކެއާ، ސަން ކެއާ މޭކަޕް އަދި ކޮސްމެޓިކްސްގެ މުޅިން އާ ޕްރޮޑަކްޓުތަކާކާއި އެކީ،" ލެ ޕާފިއުމްގެ ވިޔަފާރި ފުޅާވަމުން އައި ގޮތާ ބެހޭ ގޮތުން ޔޫމަން ވިދާޅުވި އެވެ.

ލެ ޕާފިއުމްގެ އާ ފިހާރަ. -- ފޮޓޯ: ހައްވާ އަމާނީ

ލެ ޕާފިއުމްގެ އާ ފިހާރަ. -- ފޮޓޯ: ހައްވާ އަމާނީ

އޭނާ ވިދާޅުވި ގޮތުގައި، އާ ޝޯރޫމާ އެކު އިތުރުވި އެންމެ ބޮޑު އެއް ބްރޭންޑަކީ ފްރާންސްގެ މޭކަޕް ޕްރޮޑަކްޓެއް ކަމަށްވާ "ބްލެކްއަޕް ޕެރިސް" އެވެ. މިއީ ދިވެހިންގެ ހަމުގެ ކުލަޔާ ގުޅޭ ޕްރޮޑަކްޓެކެވެ.

އަލަށް ހުޅުވި ބޮޑު ފިހާރަޔާ އެކު ލެ ޕާފިއުމްގެ މަގްސަދަކީ ކުރިއަށް އޮތްތަނުގައި ފެންވަރު ރަނގަޅު އިތުރު ރޭންޖުތަކުގެ ޕްރޮޑަކްޓުތަކެއް ދިވެހިންނަށް ފޯރުކޮށްދިނުމެވެ.