ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
02 އޮކްޓޯބަރ 2018
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގައި ވެސް ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާގެ ރައީސް ޝީ އެގޮތަށް ވިދާޅުވީ މިިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އިބޫއަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖުގަ އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާ ނިއުސް އެޖެންސީން ބުނިގޮތުގައި ރައީސް ޝީ ފޮނުއްވި މަރުހަބާގެ މެސެޖްގައި، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން ބަދަހިކުރަން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ޗައިނާ އިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށް ވިދާޅުވެ، އިބޫގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޝީ ވިދާޅުވި ކަމަށް ވެސް ޒިންހުއާ އިން ރިޕޯޓް ކޮށްފައިވެ އެވެ.
ޗައިނާ އަކީ މި ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރި ގައުމެވެ. މި ސަރުކާރުގައި ހިންގި ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ ވެސް ޗައިނާގެ އެހީގައި އަދި އެ ގައުމުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ސިނަމާލެ ބްރިޖަކީ ވެސް ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގައި އެ ގައުމުގެ ކުންފުންޏަކުން އިމާރާތްކުރި ބްރިޖެކެވެ.
މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ދެވަނަ ގައުމު ކަމަށްވާ ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވެސް ވަނީ އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އިބޫ އަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިބޫގެ ވެރިކަމުގައި ސައުދީ އާއި ރާއްޖޭގެ ގުޅުން ވަރުގަދަ ކުރުމަށް ބޭނުންފުޅުވާ ކަމަށް ރަސްގެފާނު ސަލްމާން ވެސް ވިދާޅުވި ކަމަށް ސައުދީ ސަރުކާރުން ބުންޏެވެ.
އިންތިޚާބުގެ ނަތީޖާއަށް ފަހު، އެމެރިކާ، އިންޑިއާ އަދި ރަޝިއާ ފަދަ ބޮޑެތި ގައުމުތަކުން ވެސް ވަނ އިބޫއަށް މަރުހަބާ ކިޔައިފަ އެވެ.
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާ އާއި ރާއްޖޭގެ 50: އެދެނީ ބަދަހި ގުޅުމަކަށް
ޗައިނާގެ ކަރާމާތް ގެއްލޭތަން ސަރުކާރަކަށް ނުފެނޭ:އަދުރޭ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ޗައިނާއާ އެކު ކުރާ މަސައްކަތްތައް އިތުރު ހަލުވިވެއްޖެ
ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ތައުރީފް
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"