Roadha Mihaaru
ފިރިހެނުންނަށް ކޮންމެ ދުވަހަކު ކޮފީ އާއި ސައި މުހިއްމު

ފިރިހެނުންނަށް ކޮންމެ ދުވަހަކު ކޮފީ އާއި ސައި ވަރަށް މުހިއްމު

12 އޮކްޓޯބަރ 2018

ފިރިހެނުން ދުވާލަކު މަދުވެން ދެ ތަށި، ސައި ނުވަތަ ކޮފީ ބޯ ނަމަ، ދަރިފަނީގެ ބާރު ގަދަވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ. އެއީ ކޮފީ އާއި ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިހެނުން ދުވާލަކު މަދުވެން ދެ ތަށި، ސައި ނުވަތަ ކޮފީ ބޯ ނަމަ، ދަރިފަނީގެ ބާރު ގަދަވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ. އެއީ ކޮފީ އާއި ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެެހެންވެ އާންމުކޮށް ދުވާލެއްގެ މައްޗަށް ދެ ތަށި ސައި ނުވަތަ ކޮފީ ބުއިމަކީ ދަރިއަކު ހޯދަން މަސައްކަތް ފިރިހެނަކު ނަމަ، ތަޖުރިބާކޮށްލަން ވަރަށް ރަނގަޅު ކަމެއް ކަމަށް ދިރާސާ ހެދި އެމެރިކާގެ ނެޝަނަލް ހެލްތު އިންސްޓިއުޓުން ބުންޏެވެ.

ދިރާސާ ޓީމްގައި ހިމެނޭ ޑރ. ސުއްނީ މަމްފޯޑް ވިދާޅުވި ގޮތުގައި މި ދިރާސާ ހެދުމަށް 500 އެއްހާ މީހުން ބޭނުން ކުރި އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ކޮފީ އާއި ސައި ކޮންމެ ދުވަހަކު ބޮއެގެން ދަރިން ލިބުނު މީހުންނެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކެފެއިންއަކީ ފިރިހެނުންގެ ޖިންސީ ބަލިކަށިކަން ވެސް ކުޑަކޮށްދޭ އެއްޗެކެވެ.

"މިއީ އަހަރެމެންނަށް ވެސް ހައިރާންކަން ގެނުވި ނަތީޖާއެއް. އެކަމަކު ޔަގީންވާ ކަމަކީ ފިރިހެނުންގެ ފަޓިލިޓީ އާއި ކެފެއިންއާ ގުޅުން ބޮޑުކަން،" އޭނާ ވިދާޅުވި އެވެ.