Roadha Mihaaru
މަޖިލީހުގެ ރައީސް ކަމަށް ގާސިމް

މަޖިލީހުގެ ރައީސް ކަމަށް ގާސިމް

01 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ ޖަލްސާ ދެންމެ ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ ޖަލްސާ ދެންމެ ފަށައިފި އެވެ.

މަޖިލީހުގެ ރައީސްކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހަށް ރައީސަކު އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ބާއްވާ ސިއްރު ވޯޓަކުންނެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުން ނަން ހުށަހަޅުއްވާނީ އެކަމަށް ހާއްސަކޮށް ބާއްވާ މަޖިލީހުގެ ޖަލްސާ އަށެވެ. އިންތިހާބު ކުރިއަށް ގެންދާނީ މަޖިލީހުން ހޮވާ ފަސް މެމްބަރުނންގެ ކޮމެޓީއަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު ކޯލިޝަންގަ އެވެ. އެ ކޯލިޝަނުން ނިންމާފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވުމަށެވެ.