Roadha Mihaaru
ފައިދިގު މަކުނެއް މަރަން ހަދައިގެން ގޭގައި ރޯވެއްޖެ

ފައިދިގު މަކުނެއް މަރަން ހަދައިގެން ގޭގައި ރޯވެއްޖެ

29 އޮކްޓޯބަރ 2018

ފައިދިގު މަކުނުތަކެއް މަރާލަން އޭގައި އަލިފާން ޖައްސަން އުޅެން ހަދައިގެން އެމެރިކާގެ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފައިދިގު މަކުނުތަކެއް މަރާލަން އޭގައި އަލިފާން ޖައްސަން އުޅެން ހަދައިގެން އެމެރިކާގެ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އޭބީސީ ނިއުސް އިން ބުނީ ގޭގައި ރޯވީ، އަލިފާން ފޮނުވާ "ބްލޯޓޯޗް" އަކުން ބްލެކް ވިޑޯ ސްޕައިޑާތަކެއް މަރާލަން އުޅެން ހަދައިގެން ކަމަށް މި ހާދިސާ ހިނގި އިރު ގޭގައި ހުރި މީހާ ބުނާ ކަމަށެވެ. އެ މީހާ އެކަން ކުރީ މައިންބަފައިން ބޭރަށް ދަމުން ގެ ބަލަހައްޓަން ހަވާލުކޮށްފައި ދިއުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި މޮޔަ ކަންތައް ކުރި، 23 އަހަރުގެ ޒުވާނާ އަށް މި ހާދިސާގައި ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ މިކަން ދިމާވީ ފާރުގައި ރެނދު ލާފައި އިން ތަނެއްގެ ތެރޭގައި ފައިދިގުމަކުނު އުޅޭތީ ބްލޯޓޯޗުން އެތަނުގެ ތެރެއަށް އަލިފާން ޖެހުމުން، ފާރު ތެރޭގައި ހުރި މާއްދާއެއްގެ ސަބަބުން އެތެރޭގައި ރޯވެގެން ކަމަށް ފަޔަ ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

ރޯވި އަލިފާން ނިއްވަން، އަލިފާން ނިވާ 26 މީހަކު މަސައްކަތްކުރި އެވެ. އެކަމަކު އަލިފާން ނިއްވާލެވުނު އިރު ލިބުނު ގެއްލުން 10،000 ޑޮލަރުން މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.

"މިއީ ހަމަ ޔަގީނުން ވެސް، ގެއިން ފައިދިގު މަކުނު ނައްތާލަން އޮތް އެންމެ މޮޅު ގޮތެއް ނޫން،" ފަޔަ ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.