Roadha Mihaaru
ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމުން ހައި ކޯޓަށް

ގައުމީ ޖަލްސާގެ ނިންމުންތައް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ހައި ކޯޓަށް

04 ނޮވެމްބަރ 2018

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ޕާޓީން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ޕާޓީން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި ވަނިކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެ ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި، ޕީޕީއެމްގެ ރައީސަކަށް ރައީސް ޔާމީން އިންތިޚާބުކޮށް، އެކި މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު އަންގާފައި ވަނީ އެ ޖަލްސާގެ ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށެވެ.

އެ މައްސަލައިގައި ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައި ކޯޓުގައި ދައުވާކުރީ ގައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ ޖަލްސާގައި ފާސްކުރި އެ ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އެ މައްސަލަ ޕީޕީއެމުން ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ޕީޕީއެމްގެ ގައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމިއިރު، އެ ޕާޓީ ހިންގުން ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން ޕާޓީގެ ދެ މެމްބަރަކު ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެ ދެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް، ސުޕްރީމް ކޯޓަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ ދެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.