04 ނޮވެމްބަރ 2018
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ޕާޓީން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ޕާޓީން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ރައީސަކަށް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ އެހެން އިސް މަގާމުތަކަށް ވެސް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކޮންގްރެސްގެ އެ ނިންމުންތައް ބަލައިނުގަތުމަށެވެ.
ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށް ދިނުމަށް އެދި ޕީޕީއެމުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ މެންދުރު ފަށަން ހައި ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ޕާޓީ ހިންގުން ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓުގައި ވެސް ދައުވާކުރި އެވެ. އެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕީޕީއެމް ހިންގުން 2016 ގައި ސިވިލް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެފަހުން އެ ޕާޓީން ވަނީ މައުމޫން ވަކިކޮށްފަ އެވެ.
"ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މީހުން ބައިވެރިވި"
ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމުން ހައި ކޯޓަށް
ވެރިން ނަޝީދު ފަހަތުން، އާންމުންނަށް އެހެން މަންޒަރެއް
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
މިފަހަރު އެންމެ ގިނަ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް
ޔާމީނަށް ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް
ކާމިޔާބީއަށް ބަލައި ޕާޓީތަކަށްފައިސާ ދޭން އިސްލާހެއް
ނޭނގި އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމަށް: އީސީ
ވައްކަން ނުބަލައި ޖޫރިމަނާ ބަލައެއް ނުގަނެވޭ: ޕީޕީއެމް