15 ނޮވެމްބަރ 2018
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޕީޕީއެމުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެކަމަކު އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދޭން އެދި ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި އެ މައްސަލާގެ އަޑުއެހުންތައް މި ހަފުތާގައި ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް އިއްވަން ކުރިން ހަމަޖައްސާފައި އޮތީ މިރެ އެވެ.
އެ މައްސަލާގެ ހުކުމް އިއްވުން އެހެން ދުވަހަކަށް ފަސްކުރީ އިދާރީ ސަބަބާ ހެދި ކަމަށް ހައި ކޯޓުން ބުންޏެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި މައްސަލަ ހައި ކޯޓުން އިއްވުމާ ހަމައަށް ގޮސްފައި ވާއިރު، ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދިފަހުން މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.
ޕީޕީއެމް ކޮންގްރެސް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
ޕީޕީއެމް ކޮންގްރެސްގެ މައްސަލަ މާދަމާރޭ ނިންމަނީ
ކޮންގްރެސްގެ ނިންމުންތަކުގެ މައްސަލަ ހުކުމާ ހަމައަށް
ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމުން ހައި ކޯޓަށް
ހަމަހަމަ ހައްގު ނުލިބޭތީ ހުށަހެޅި މައްސަލަ ބަލައިނުގަތް
ޕީޕީއެމްގެ ކޮންގްރެސް ސައްހަ: ސުޕްރީމް ކޯޓު
ޕީޕީއެމް ކޮންގްރެސްގެ މައްސަލަ ހުކުމާ ހަމައަށް
ޕީޕީއެމްގެ މައްސަލަ ބަލާ ބެންޗު ބަދަލުކޮށްދޭން އެދެފި
"ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މީހުން ބައިވެރިވި"
ކޮންގްރެސްގެ ނިންމުންތަކުގެ މައްސަލާގެ ޝަރީއަތް މާދަމާ