އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޕީޕީއެމް ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލުވައިލި 12 ބޭފުޅުންނަށް، ޕްރައިމަރީއަކާ ނުލައި، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ވާހަކައިން ޚިޔާލުތަފާތުވުން އުފެދިއްޖެ އެވެ.
06 ނޮވެމްބަރ 2018
އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޕީޕީއެމް ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލުވައިލި 12 ބޭފުޅުންނަށް، ޕްރައިމަރީއަކާ ނުލައި، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ވާހަކައިން ޚިޔާލުތަފާތުވުން އުފެދިއްޖެ އެވެ.
އެ މެމްބަރުން މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދީ އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ސުޕްރީމް ކޯޓުން އީސީގެ ނިންމުން ބާތިލްކުރުމުން މެމްބަރުން އަލުން މަޖިލީހާ ގުޅިފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވެފަ އެވެ.
މިއީ، 12 މެމްބަރުން ޕީޕީއެމުން ވަކިވެ އިދިކޮޅު ކޯލިޝަނާ ގުޅިގެން ސަރުކާރާ ދެކޮޅަށް ނުކުތުމުގެ އަގު ވަޒަންކުރުމާއި އެކަމާ ގުޅިގެން ތަހައްމަލްކުރަން ޖެހުނު ބޮޑު ބޭއިންސާފުގެ ބަދަލެއްގެ ގޮތުގައި ސިފަކުރެވުނަސް، ވަކި ފިކުރަކަށް ތާއީދު ނުކުރާ ބައެއް އާއްމުންނާއި ކޯލިޝަންގެ ބައެއް ސަޕޯޓަރުން ވެސް ބަލައިގަންނަ ކަމެއް ނޫނެވެ.
އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާ މީހުން ބުނަނީ "ތަބަކަކަށް ލާފައި" ކެންޑިޑެސީ ދިނުމަކީ، މި 12 މެމްބަރުންނަށް ވިޔަސް، މައްސަލައެއް ކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި އެ މެމްބަރުންނަށް ޓިކެޓް ދޭން އިދިކޮޅު ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންފައިވެއޭ ވިދާޅުވާ މޭރުމަކުން މައުމޫން ޓްވީޓް ކުރައްވާފައިވާ އިރު، ރައްޔިތުންގެ ކަންކަން މި ގޮތަށް ނިންމެވުމުގެ އިޚްތިޔާރެއް ސިޔާސީ ލީޑަރުންނަށް ނޯންނާނެ ކަމަށް ބުނެ އެތައް ބަޔަކު ގެންދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
"ޕްރައިމަރީއެއް ނެތި، އާއްމު މެމްބަރުންގެ ބަހެއް ނެތި، ދެތިން ފަރުދަކަށް މި ކަމެއް ނުނިންމޭނެ،" ވައްޑޭގެ ނަމުގައި ޓްވިޓާ ބޭނުންކުރާ އެމްޑީޕީގެ ސަޕޯޓަރަކު ބުންޏެވެ.
މިއީ އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވީ ވައުދުތަކާއި "ވިއްކި" ވާހަކަތަކުގެ ރޫހާ ދިމާ އިދިކޮޅު ކަމެއް ކަމަށާއި އެ ވާހަކަތައް ގަބޫލުކުރި ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިންޖެހުން ކަމަށް ވެސް އެއް ބަޔަކު ސިފަކުރެ އެވެ.
rayyithun: pls don't disappoint us
— bitter honey (@hikidheli) November 5, 2018
coalition: haha sure
also coalition: these 12 MPs will have seats. shhhhhh, THEY WILL.
??? asluves. Vote ves laane kameh nei...interview kollaafa gondi dhee...vaki mudhdhatheh ves nei gothah. Boahalaak https://t.co/qN7Nr1jKz3
— Shiuz (@Shiuz) November 5, 2018
"ރައްޔިތުން ވޯޓު ދިނީ ހަތަރު ލައްކަ މީހުންގެ ތެރެއިން ހަތަރު މީހުން ވެރިކަން ކުރާކަށް ނޫން. ހަތަރު ލައްކަ މީހުންގެ ބަސް އޮވެގެން ވެރިކަން ކުރަން. ކޯލިޝަންގެ ނިންމުމަކީ ރައްޔިތުންގެ މަސްލަހަތަށް ވުރެ ވަކިވަކި މީހުންގެ މަސްލަހަތު އިސްކުރާ ނިންމުމެއް،" އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވްސްޓް ޝައްމޫން ޖަލީލް (ލޫކަސް) ޓްވީޓްކުރި އެވެ.
"ބާރަ މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ. ދާއިރާތަކުގެ ޓިކެޓް ލިބެން ވާނީ ޕްރައިމަރީއަކަށް ގޮސްގެން. ޑިމޮކްރެސީގެ ތާހިރު ރީތި އުސޫލުތައް މުގުރާލުމަކީ ހިތާމަހުރި ކަމެއް،" ޓްވިޓާގައި އަހުމަދު ސައީދު މުހައްމަދު ޝުއޫރު ފާޅުކުރި އެވެ.
12 memberunge gondieh nugelley.Dhaairaathakuge tkt liben vaanee primary akah gosgen.democracy ge reethi thaahiru usool thah muguraalumakee hithaama huri kameh.!
— Ahmed Saeed Mohamed (@myfoona) November 5, 2018
ގާނޫނީ ވަކީލު މޫސާ ސިރާޖުގެ ނަޒަރުގައި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހިފަހައްޓަން ގާނޫނުތައް ފާސްކުރުމާއި "ގައުމު ފުނޑާލަން ތަބަކަކަށް ލާފައި" ރައީސް އަބްދުﷲ ޔާމީނަށް "ދިނީ މި ހިނގާ މަޖިލިސްގެ މެމްބަރުން" ކަމަށް ވާއިރު އެ މަޖިލީހުގެ މެމްބަރުންތަކަކަށް މި ގޮތަށް ޓިކެޓް ދީގެނެއް ނުވާނެ އެވެ.
"ރައްޔިތުންގެ އަނގައިގައި އަތް އެޅީ މި ހިނގާ މަޖިލީހުން ފާސްކުރި ގާނޫނަކުން. އެއްވެ އުޅުން މަނާކުރީ މި ހިނގާ މަޖިލިސް އިން ފާސްކުރި ގާނޫނަކުން،" އޭނާ ޓްވީޓްކުރެއްވި އެވެ.
"ތަބަކަކަށް ލާފައި ޓިކެޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް."
އެމްޑީޕީ އަށް ތާއީދުކުރާ ބައެއް މީހުން މިކަމާ ދެކޮޅު ހަދަމުންދަނީ މިއީ މުޅި ކޯލިޝަނަށް ވުރެ ބޮޑަށް މައުމޫންގެ އަމިއްލަފުޅު މަސްލަހަތު އޮތް ކަމެއް ކަމަށް ބުނެ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މައުމޫންގެ ޓްވީޓްގެ ފަހަތުގައި ފޮރުވިފައި އޮތީ ގޮނޑި ގެއްލުނު މެމްބަރުން މައުމޫންގެ ފަރާތްޕުޅުން އިންތިޚާބަށް ނެރުއްވުމުގެ ރޭވުމެކެވެ. އެހެންވެ އެ މީހުންގެ ރުޅިވެރިކަން އަމާޒުކުރަމުން ދަނީ މައުމޫނަށެވެ.
އަދި މި ކަމުގައި ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން އެއްބަސްވެފައިވާ ކަމަށް މައުމޫން ވިދާޅުވިޔަސް އެއީ އިތުރުފުޅެއް ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ ފާޑުކިޔަމުންނެވެ. އެކަމަކު ހުރިހާ ލީޑަރުން އެ ޔަގީންކަން ދެއްވާފައިވާ ކަމަށް 12 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވިދާޅުވެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ 12 މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި އެ މެމްބަރުންގެ އެދިވަޑައިގަތުމާ ގުޅޭ ގޮތުން އެމަނިކުފާނަށް ސުވާލު ވެސް ދެންނެވި އެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމާ ބެހޭ ގޮތުން މައުމޫން ފިޔަވައި އިތުރު ލީޑަރަކު އަދި ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު އެގޮތަށް ޓިކެޓް ދީފި ނަމަ ވަރަށް ބޮޑު ހިޔާލު ތަފާތުވުމަކަށް އެކަން ވާނެކަން މިހާރު ވެސް ކަށަވަރެވެ.
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
އެމްޑީޕީގެ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީން: ނަޝީދު
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
ނަޝީދު މިނިވަން ކުރުމުގެ ގަރާރު ފާސްކޮށްފި
މައުމޫން، 12 މެމްބަރުންނާ ބައްދަލުކުރައްވައިފި
އިދިކޮޅު ލީޑަރުންގެ ކަންބޮޑުވުންތައް އީސީ އަށް
"މިތިބީ ބަތަލުންގެ ގޮތުގައި، ހަނގުރާމައިން މޮޅުވާނެ"
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު