ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
14 އޯގަސްޓް 2016
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ފަސް ކަމެއް އެޖެންޑާ ކުރި އިރު، ދެ ވަނަ ކަމެއްގެ ގޮތުގައި އޮތީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހުގެ އިބްތިދާއީ ބަހުސެވެ. މި އިސްލާހަށް ބަހުސް ކުރުމަށް ފަހު މަޖިލީހަށް ބިލް ގަލައިގެންފި ނަމަ، އިތުރަށް ދިރާސާ ކުރަން ކޮމެޓީ އަށް ފޮނުވާނެ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޕީޕީއެމް މެމްބަރު ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ގެޒެޓް ކުރަން ޖެހެ އެވެ.
ރިފާއު ވިދާޅުވި ގޮތުގައި މި އިސްލާހު ހުށަހެޅީ މާލެއަކީ މީހުން ގިނަ، ކާރޫބާރު ބޮޑު ތަނަކަށް ވާތީ، މަގުތަކަށް އެއްވުމުން ގިނަ އުނދަގޫތަކެއް އާންމުންނަށް ކުރިމަތި ވާތީ އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅާފައިވާ އިރު މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެގޮތުން އާޓިފިޝަލް ބީޗްގައި އެއްވެ އުޅުން މަނާ ކޮށްފައިވާ އިރު މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނެފައިވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކުރި އެހެން ކަންކަމުގެ ތެރޭގައި ރާއްޖޭން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރުމަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީ އަށް ފޮނުވުން ހިމެނެ އެވެ.
އޭގެ އިތުރުން ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކޮށް މަޖިލީހަށް ފޮނުވި ކަރުދާސް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި ކޮމެޓީގެ ރިޕޯޓާއި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު މާދަމާ މަޖިލީހަށް ހުށަހަޅާނެ އެވެ.
އެއްވެ އުޅުން ހަނިކުރަން މަޖިލީހުން ފާސްކޮށްފި
އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައެއް ނުގަނެވޭނެ
އެއްވެ އުޅުން ހަނިކުރާ އިސްލާހު ކޮމެޓީން ފާސްކޮށްފި
އެއްވެ އުޅުމުގެ ހައްގު ހިމާޔަތް ކުރާނެކަން ފެނިއްޖެ
ކަންބޮޑުވުން ގިނަ އިސްލާހުތަކަކާ އެކު ޗުއްޓީއަށް
ފާރިސް މި ފަހަރު ވެސް ވިޕާ ހިލާފުވެއްޖެ
"މުޒާހަރާ ބިރަކަށް ވާނީ ހުދުމުހުތާރު ލީޑަރުންނަށް"
ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ކޮމިޓީން ފާސްކޮށްފި
މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލަން ހުށަހަޅައިފި
މެންބަރުން ނެރުނީ މަޖިލިސް ގަވައިދާ ހިލާފަށް: ނާޒިލް