Roadha Mihaaru
ރިސެސްގައި ހައި ކޯޓުން ބައެއް ޝަރީއަތްތައް ބާއްވާނެ

ރިސެސް މުއްދަތުގައި ވެސް ހައި ކޯޓުން ބައެއް މައްސަލަތައް ކުރިއަށް ގެންދާނެ

02 ޑިސެމްބަރ 2019

ހައި ކޯޓުގެ ރިސެސްގެ މުއްދަތުގައި ބައެއް ބާވަތުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ރިސެސްގެ މުއްދަތުގައި ބައެއް ބާވަތުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ޑިސެމްބަރު މަސް ފެށުމާ އެކު ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ހައި ކޯޓުގެ ރިސެސް މުއްދަތު އިއްޔެ ވަނީ ފެށިފަ އެވެ. އެކަމަކު އިއްޔެ އާއި މިއަދު ވެސް ބައެއް މައްސަލަތަކުގެ ޝަރީއަތްތައް އެ ކޯޓުން ކުރިއަށް ގެންދިޔަ އެވެ.

ހައި ކޯޓުން ބުނީ އަޑުއެހުންތައް ނިމި، ހުކުމާ ހިސާބުގައި ހުރި މައްސަލަތަކުގެ ތެރެއިން ފަނޑިޔާރުންގެ ބެންޗު ހަމަވާ އަދި ދެ ފަރާތުން އެއްބަސްވާ މައްސަލަތަކާއި ކުއްލި މައްސަލަތަކާއި ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކާއި ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އަވަސް މައްސަލަތައް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދަން ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާ އެކު، ސުޕްރީމް ކޯޓާއި ހައި ކޯޓު އެއް މަހުގެ ރިސެސްއަކަށް ދާއިރު، ދަށު ކޯޓުތައް ވެސް ރިސެސްއަކަށް ދާނެ އެވެ. އެގޮތުން ސުޕްރީމް ކޯޓާއި ސިވިލް ކޯޓު މިހާރު ވެސް އޮތީ ރިސެސްގަ އެވެ.