Roadha Mihaaru
އެއް ޑޮލަރުގެ ރިޝްވަތާ އެކު ވެސް ޖަލަށް ދިއުމުގެ ބިރު

އެއް ޑޮލަރުގެ ރިޝްވަތާ އެކު ވެސް ޖަލަށް ދިއުމުގެ ބިރު

12 ޑިސެމްބަރ 2018

ސިންގަޕޫރު (ޑިސެމްބަރު 12) - ލޮރީ ޑްރައިވަރުންނަށް މުދާ ބަރުކޮށް އަދި ހުސް ކުރުމުގައި ލަސް ނުކޮށްދޭ މަތިން އެ މީހުންގެ އަތުން އެއް ޑޮލަރުގެ ރިޝްވަތެއް ނެތި ސިންގަޕޫރުގައި މަސައްކަތް ކުރާ ޗައިނާގެ ދެ ފޯކްލިފްޓް އޮޕަރޭޓަރުން ޖަލަށް ދިއުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިންގަޕޫރު (ޑިސެމްބަރު 12) - ލޮރީ ޑްރައިވަރުންނަށް މުދާ ބަރުކޮށް އަދި ހުސް ކުރުމުގައި ލަސް ނުކޮށްދޭ މަތިން އެ މީހުންގެ އަތުން އެއް ޑޮލަރުގެ ރިޝްވަތެއް ނެތި ސިންގަޕޫރުގައި މަސައްކަތް ކުރާ ޗައިނާގެ ދެ ފޯކްލިފްޓް އޮޕަރޭޓަރުން ޖަލަށް ދިއުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޗެން ޒިލިއަން، 47، އާއި ޒައޮ ޔުކަން، 43، ގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އެއް ލައްކަ ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކޮށް އަދި ފަސް އަހަރަށް ޖަލަށްލުން އެކަށީގެންވެ އެވެ. އެ މީހުން ވަނީ އެއް ޑޮލަރުގެ ރިޝްވަތު އެތައް ޑްރައިވަރެއްގެ އަތުން އަހަރުތަކެއް ވަންދެން ނަގައިފަ އެވެ. ރިޝްވަތުގެ ގޮތުގައި އެ މީހުން ނެގީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.

ދެ ޑްރައިވަރުން ވެސް މަސައްކަތް ކުރަމުން ދިޔައީ ކޮޖެންޓް ކޮންޓެއިނާ ވެއާހައުސްގަ އެވެ.

ސިންގަޕޫރު ހިމެނެނީ މުޅި ދުނިޔޭގައި ވެސް ކޮރަޕްޝަން އެންމެ ކުޑަ ގައުމުތަކުގެ ތެރޭގަ އެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސްގައި ސިންގަޕޫރު މިދިޔަ އަހަރު އޮތީ ހަ ވަނައިގަ އެވެ. ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ އިން ބުނެފައި ވަނީ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ވަކި ފަރާތެއްގެ ކިބައިން ނާޖާއިޒް ފައިދާއެއް ނެގުމެއް ނެތި ކަމަށެވެ.

"ރިޝްވަތުގެ އަދަދަކީ އެއް ޑޮލަރަށް ވުރެ މަދު ނަމަވެސް އެއީ އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން،" އެންޓި-ކޮރަޕްޝަން އެޖެންސީން ބުނެފައިވެ އެވެ.