މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ. އަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެ އިން އދ. ގައި މިއަދު ވޯޓު ދީފި އެވެ.
18 ޑިސެމްބަރ 2018
މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ. އަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެ އިން އދ. ގައި މިއަދު ވޯޓު ދީފި އެވެ.
މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ. ގައި ރާއްޖެ އިން ވޯޓު ދިނީ ޖެނެރަލް އެސެމްބްލީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނުމުގެ އިތުރުން ރާއްޖެ އިން ވަނީ އޭގެ ސަބަބު ވެސް ސާފުކޮށް ދީފަ އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަލީ ނަސީރު ވިދާޅުވީ 2014 ގައި ރާއްޖޭގައި އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ދަށުން ވަކި ހާލަތްތަކެއްގައި މަރުގެ އަދަބު ދެވިދާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ ހުކުމް ތަންފީޒު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ 60 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި، އަލީ ނަސީރު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމެއް ދެން ތަންފީޒު ކުރާނީ އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބުމުން ކަމަށެވެ. އަދި މިނިވަން، އިތުބާރު ހިފޭ ޝަރުއީ ނިޒާމެއް ގާއިމްކޮށް، އެ ނިޒާމު އިސްލާހުކޮށް ވަރުގަދަ ކުރަން ރާއްޖެ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި 1954 ވަނަ އަހަރު އެވެ. އޭގެފަހުން ވެސް އެކި ކުށްތަކާ ގުޅިގެން މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުނަސް، އެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.
މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައި ތިބި މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ވެސް ތިން މީހެއްގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާތަކެއް މިހާރު ވަނީ ނިމިފަ އެވެ. އެކަމަކު އެ ހުކުމްތައް އަދިވެސް ތަންފީޒެއް ނުކުރެ އެވެ.
"ސިޔާދަތު ދިފާއުކުރުމަށް މަސައްކަތްކުރެވެނީ އދ.ގައި"
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ
ޝާހިދުގެ ފުރަތަމަ ކަމަކީ ވެކްސިންގެ ހަމަހަމަކަން ހޯދުން
ޝާހިދަކީ ގާބިލް، ތަޖުރިބާކާރު ޑިޕްލޮމޭޓެއް: ނަޝީދު
ތިލްމީޒާ، އދ. ގެ މަގާމާ ހަވާލުވެއްޖެ
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ރާއްޖެ ވާދަކުރާ ސަލާމަތީ މަޖިލީހުގެ ވޯޓު ހުކުރު ދުވަހު
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި