20 ޑިސެމްބަރ 2018
އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ހިލޭ ނާސްތާ ދޭން ފެށުމަށް ތައްޔާރުވެ އެޑިއުކޭޝަން މިނިސްޓްރީން މެނޫތައް ހާމަކުރުމާ އެކު ގިނަ ބައެއްގެ ސުވާލަކަށް ވީ ދޮންކޭލާއި ކިރު ދޭން ވައުދުވެ އެ އެއްޗެހި ނެތީ ކީއްވެތޯ އެވެ. އެކަމަކު އެއީ ގިނަ ބަޔަކަށް އަރާފައި އޮތް އޮޅުމެކެވެ.
އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ހިލޭ ނާސްތާ ދޭން ފެށުމަށް ތައްޔާރުވެ އެޑިއުކޭޝަން މިނިސްޓްރީން މެނޫތައް ހާމަކުރުމާ އެކު ގިނަ ބައެއްގެ ސުވާލަކަށް ވީ ދޮންކޭލާއި ކިރު ދޭން ވައުދުވެ އެ އެއްޗެހި ނެތީ ކީއްވެތޯ އެވެ. އެކަމަކު އެއީ ގިނަ ބަޔަކަށް އަރާފައި އޮތް އޮޅުމެކެވެ.
ހިލޭ ނާސްތާ ދިނުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާ ވައުދެއްގެ ގޮތުގައި ހިމަނައި މިއަދު ވަނީ މެނޫތައް އާންމުކޮށްފަ އެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ 10 މެނޫއެއް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ބިހާއި ސޭންޑްވިޗާއި ޕާނާއި ތަރުކާރީ މަސްހުންޏާއި ބޭކަޑް ބީންސް ފަދަ ތަކެތި ހިމެނެ އެވެ. އެ ހުރިހާ އެއްޗަކާއެކު ވެސް 75 ނޫނީ 100 ނުވަތަ 180 އެމްއެލްގެ ފުލް ކްރީމް ކިރު ޕެކެޓެއް ދޭނެ އެވެ.
އެއްވެސް މެނޫއެއްގައި ދޮންކެޔޮ ނެތީ ކީއްވެތޯ ސުވާލުކުރުމުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރައީސްގެ ވައުދަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން ކަމަށެވެ. ކިރާއި ދޮންކެޔޮ ފޯރުކޮށްދިނުމުގެ ވައުދަކީ މީގެ ކުރިން އެހެން ބޭފުޅަކު ވެވަޑައިގެންނެވި ވައުދެއް ކަމަށް އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
"މިފަހަރު އޮތީ ހަމަ ހެނދުނުގެ ނާސްތާ ކުދިންނަށް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ދުޅަހެޔޮ ސިއްހަތެއްގައި ކުދިން ބޭތިއްބެވުމަށް އަދި ކިޔެވުމަށް ބޭނުންވާ ހަކަތަ ލިބޭ ކަހަލަ އެއްޗެހި އެ ކުދިންނަށް ދެވޭތޯ،"
ރިޔާސީ އިންތިހާބުގެ ކުރިން އާންމުކުރި ރިޔާސީ ވައުދުތަކުގައި ވެސް ބުނެފައި ވަނީ "ކޮންމެ ސްކޫލަކީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއެއް ދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެއްސޭނެ" ކަމަށެވެ.
ދަރިވަރުންނަށް ކިރާއި ދޮންކެޔޮ ދިނުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ވައުދެކެވެ. އޭރު އެކަން ރާވާފައި އޮތީ ބެލެނިވެރިންނަށް ވައުޗާއެއް ދީގެން ކުރާ ގޮތަށެވެ. އެ ވައުޗާ ހިފައިގެން ވަކި ފިހާރަތަކަކަށް ދިއުމުން ކުދިންގެ ނާސްތާއަށް ބޭނުންވާ ދޮންކޭލާއި ކިރު ހިލޭ ލިބޭނެ އެވެ.
އާ ސަރުކާރުން ދަރިވަރުންނަށް ހިލޭ ނާސްތާ ދިނުމަށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ނާސްތާގެ ގޮތުގައި ދޭނެ ވަކި އެއްޗެއް ބަޖެޓުގައި އަދި 100 ދުވަހުގެ ޕްލޭނުގައެއް ވެސް ނެތެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު ނާސްތާ ދިނުމުގެ މަޝްރޫއު ވެސް ފަށާނެ އެވެ. ނަމަވެސް އަޖުމަ ބެލުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ 25 ސްކޫލުގައި އެ ޕްރޮރްގާމް ފުރަތަމަ ފެށުމަކަށެވެ. ބާކީ ހުރި ސްކޫލުތަކުގައި ފަށާނީ އޭގެ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެނޫ ތައްޔާރުކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޔުނިސެފުގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހްލާ އަހުމަދު ވިދާޅުވީ މެނޫ ތައްޔާރުކުރުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ނިއުޓްރިޝަނިސްޓުންނާއި އިތުރު ތަޖުރިބާކާރުންގެ އެހީ ހޯދާފައިވާނެ ކަމަށެވެ. މެނޫ ތައްޔާރުމުގައި ބޮޑަށް ބަލާފައިވަނީ ކުދިންގެ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަނާއި ހަށިގަނޑަށް ފައިދާވާ އެކި ބާވަތްތައް ހިމެނުމާއި ފަސޭހައިން ލިބެން ހުރި ތަކެއްޗާއި ތާޒާކަމާ އެކު ތައްޔާރުކުރެވޭ ކާއެއްޗިއްސަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
ތައުލީމީ ދާއިރާގެ ޝަކުވާ: ވާނުވާއެއް ނޭނގޭ!
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ކިޔަވައިދޭނީ އާންމު ހާލަތުގައި ވެސް އަމަލުކުރި ވަގުތަށް
ވެކްސިން ނުޖަހާ މީހުން ސްކޫލުތަކަށް ވަނުން މަނާ
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
އޮންލައިންކޮށް ކިޔަވައިދިނުން އިތުރު ހަފުތާއަކަށް