Roadha Mihaaru
މަޖިލިސް ސަލާމަތްކުރަން ގޮވާލައި މުޒާހަރާކޮށްފި

މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތް ކުރަން ގޮވާލައި ލީޑަރުންގެ ކުރިމަތީގައި މުޒާހަރާކޮށްފި

20 ޑިސެމްބަރ 2018

މަހުޖަނުންގެ ނުފޫޒުން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރަން ގޮވާލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ކުރިމަތީގައި މިއަދު ބަޔަކު އަޑު އުފުލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަހުޖަނުންގެ ނުފޫޒުން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރަން ގޮވާލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ކުރިމަތީގައި މިއަދު ބަޔަކު އަޑު އުފުލައިފި އެވެ.

"ނަވާނަވައި" ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގާ މޫވްމަންޓުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހޮޓެލް ޖެންގައި ބޭއްވެވި މަޝްވަރާތަކަށް ފަހު، އެ ހޮޓަލުގެ ލޮބީގައި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ވަގުތު އެ ބޭފުޅުންގެ ކުރިމަތީގައި ބޯޑުތަކެއް ހިފަހައްޓައިގެން ތިބެ ޝުއޫރު ފާޅުކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ހަތަރު ލީޑަރުން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެބޭފުޅުންގެ ކުރިމަތީގައި ބޯޑުތައް ހިފަހައްޓައިގެން ތިބޭ މިރޭ އިރާކޮޅު ޝުއޫރު ފާޅުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެ މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވާ ބައެއް ޝުއޫރުތަކުގެ ތެރޭގައި "މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރޭ" އާއި "މާލީ ބަޔާން ހާމަނުކުރާ ފަރާތްތައް މަޖިލިހަށް ނުހޮވާ" އަދި "މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލާ" ފަދަ ލިޔުންތައް ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަރު ލީޑަރުންގެ ކުރިމަތީގައި ބޯޑު ހިފަހައްޓައިގެން ތިބެ ހޮޓެލް ޖެންގެ ލޮބީ އޭރިއާގައި "ހިމޭން ޝުއޫރު" ފާޅުކުރުން ފިޔަވައި އެއްވެސް ކަމެއް އެމީހުން ނުކުރެ އެވެ.

އެ ތަނުގައި ހުރި ނޫސްވެރިއަކު ބުނީ ބޯޑު ހިފައިގެން ތިބި 10 ވަރަކަށް މީހުން އެތެރެއަށް ވަނީ ނޫސްވެރިންނާ އެކު ކަމަށެވެ. އެމީހުން އެތެރެއަށް ވަނުމުން ހޮޓެލް ޖެންގެ މުވައްޒަފުން ހިތްހަމަނުޖެހުނު ކަމަށް ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ހަތަރު ލީޑަރުން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެބޭފުޅުންގެ ކުރިމަތީގައި ބޯޑުތައް ހިފަހައްޓައިގެން ތިބޭ މިރޭ އިރާކޮޅު ޝުއޫރު ފާޅުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ހަތަރު ލީޑަރުން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެބޭފުޅުންގެ ކުރިމަތީގައި ބޯޑުތައް ހިފަހައްޓައިގެން ތިބޭ މިރޭ އިރާކޮޅު ޝުއޫރު ފާޅުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"...އެކަމަކު ނަޝީދު ވިދާޅުވީ، ސެކިއުރިޓީ ކައިރީގައި އެބޭފުޅުންނަށް މައްސަލައެއް ނެތޭ އެތަނުގައި އެމީހުން [ޝުއޫރު ފާޅުކުރި މީހުން] ތިއްބަސް. ދެން ސެކިއުރިޓީ ބުނީ ޖެންގެ މުވައްޒަފުން ހިތްހަމައެއް ނުޖެހެއޭ. ނަމަވެސް ނަޝީދު ވިދާޅުވީ ޖެންގެ މުވައްޒަފުންނަށޭ އެނގޭނީ ކަންތައް ކުރާނެ ގޮތެއް. އެ ބޭފުޅުންގެ މައްސަލައެއް ނެތޭ،" އެތަނުގައި ހުރި ނޫސްވެރިޔަކު ބުންޏެވެ.