Roadha Mihaaru
ރާއްޖެ ޓީވީ ފަސް ލައްކައިން ޖޫރިމަނާ ކުރީ ރަނގަޅަށް

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރީ ރަނގަޅަށް: ސިވިލް ކޯޓް

26 ޑިސެމްބަރ 2018

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން މިދިޔަ އަހަރު ޖޫރިމަނާކުރީ އެ ސްޓޭޝަންގެ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަތަކާ ގުޅިގެން އަބުރުގެ ގާނޫނުގެ ދަށުންނެވެ.

ޖޫރިމަނާކުރި މައްސަލަ ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށް ކޯޓުން ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ. ކޯޓުގެ ހުކުމުގައިވަނީ ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ކުރުމަކީ އަބުރުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމެއް ކަން ސާބިތުނުވާ ކަމަށެވެ.

އަބުރުގެ ގާނޫނުގެ ދަށުން އޭގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، އަބުރުގެ ގާނޫނު ވަނީ އުވާލައްވައިފަ އެވެ.