Roadha Mihaaru
ސެލްފީ ނަގަން ހަދައިގެން ކުޑަހުޅު ހަލާކުވެދާނެ

ސެލްފީ ނަގަން ހަދައިގެން ކުޑަހުޅު ހަލާކުވެދާނެ

31 ޑިސެމްބަރ 2018

ސެލްފީ ނަގަން ފޯރި ހުންނަ މީހުން މިއީ ސީރިއަސްކޮށް ވިސްނައިލަން ޖެހޭ ކަމަކަށް ވާނެ އެވެ. ދިރާސާއެއްގައި ބުނާ ގޮތުން ސެލްފީ ނަގަން ދެވިހިފުމަކީ މީހާގެ އަތުގެ ކުޑަހުޅު ވެސް ހަލާކުވާ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެލްފީ ނަގަން ފޯރި ހުންނަ މީހުން މިއީ ސީރިއަސްކޮށް ވިސްނައިލަން ޖެހޭ ކަމަކަށް ވާނެ އެވެ. ދިރާސާއެއްގައި ބުނާ ގޮތުން ސެލްފީ ނަގަން ދެވިހިފުމަކީ މީހާގެ އަތުގެ ކުޑަހުޅު ވެސް ހަލާކުވާ ކަމެކެވެ.

އައިރިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ސެލްފީ ނެގުމުގެ އާދަ ހިފުމަކީ އަތުގެ ކުޑަ ހުޅުގެ ކަށިތައް ހަލާކުވާން މަގުފަހި ކުރުވާ ކަމެކެވެ. އެގޮތުން ސެލްފީ ނަގަން ފޯނު އަތަށް ލައިގެން އަތް އެކި ގޮތްގޮތަށް އެނބުރުގެ ނަތީޖާއަކީ ކުޑަހުޅުގެ ކަށިތަކަށް ގެއްލުން ލިބި، އަތުގައި ރިއްސަން މަގުފަހިވުމެވެ. އަދި މިކަމުގެ ސަބަބުން ކުޑަހުޅު އައްސިވެ، އިނގިލިތަކަށް ވެސް ނޭދެވޭ އަސަރުކުރެ އެވެ.

މިއީ މިހާރު ސިއްހީ ބޮޑު މައްސަލައެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވިފައިވާ އިރު "ސެލްފީ ރިސްޓް" މިހާރު ސިފަކޮށްފައި ވަނީ ކާޕަލް ޓަނެލް ސިންޑްރޯމް (ސީޓީއެސް) ކަހަލަ ސިންޑްރޯމްއެއްގެ ގޮތުގަ އެވެ. މާނައަކީ ބައްޔެއްގެ ގޮތުގައި މިކަން މިހާރު ޑޮކްޓަރުން ލޭބަލްކޮށްފައިވުމެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން "ސެލްފީ ރިސްޓް" ގެ ގެއްލުމާ ދޭތެރޭ މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހެ އެވެ. އެގޮތުން އުސް ތަންތަނަށް އަރައިގެން ސެލްފީ ނަގަން އުޅުމާއި ބެލެންސް ކަޓައިގެންދާ ގޮތްގޮތަށް ތަންތަނަށް އަރައި، ފޯނާ އެކު އަތަށް ގެންނަ ހަރަކާތްތަކުގެ ސަބަބުން އަތުކުރިއަށް ހީ ވެސް ނުކުރާ ވަރުގެ ގެއްލުމެއް ލިބިދާނެ އެވެ.

ސްމާޓްފޯނާ އެކު އުފަންވެގެން އައި ސެލްފީ ނެގުން ކަހަލަ ކަންކަމާ ގުޅިގެން ކުރިމަތިވާ އެކި ކަހަލަ ހާދިސާތައް ވެސް މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ދިމާވެފައިވާ ނުރައްކާތެރިި ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.

ދެ މީހަކު ކޮފީއެއްގައި ތިބެގެން ސެލްފީއެއް ނަގަނީ.

ދެ މީހަކު ކޮފީއެއްގައި ތިބެގެން ސެލްފީއެއް ނަގަނީ.

މި އަހަރު އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ސެލްފީ ނެގުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 259 އަށް އަރަ އެވެ.

މިފަދަ ހާދިސާތައް މިހާތަނަށް އެންމެ ގިނައިން ހިނގާފައި ވަނީ އެމެރިކާ، ރަޝިއާ، އިންޑިއާ އަދި ޕާކިސްތާނުގައި ކަމަށް ރިޕޯޓްގައި ބުންޏެވެ.