Roadha Mihaaru
ސެލްފީ ކެމެރާ ނުފެންނަ ފޯނެއް ނެރެނީ

ސެލްފީ ކެމެރާ ނުފެންނަ ފޯނެއް ނެރެނީ

04 ސެޕްޓެމްބަރ 2020

ސްމާޓްފޯން ފަރުމާކުރުމުގެ ފަންނަކީ ވެސް މިހާރު ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރި ކަމަކަށް ވެފައި އޮތް ކަމެކެވެ. މީގެ ތެރެއިން މި ފަހަރު މިއޮތީ އަނެއްކާ ވެސް ތަފާތެއް ގެންނާނެ ފޯނެއްގެ ވާހަކަ އެވެ. މިއީ ޗައިނާގެ ޒީޓީއީ ކޯޕަރޭޝަނުން ނެރޭ "އެކްސޮން 20 5ޖީ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯން ފަރުމާކުރުމުގެ ފަންނަކީ ވެސް މިހާރު ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރި ކަމަކަށް ވެފައި އޮތް ކަމެކެވެ. މީގެ ތެރެއިން މި ފަހަރު މިއޮތީ އަނެއްކާ ވެސް ތަފާތެއް ގެންނާނެ ފޯނެއްގެ ވާހަކަ އެވެ. މިއީ ޗައިނާގެ ޒީޓީއީ ކޯޕަރޭޝަނުން ނެރޭ "އެކްސޮން 20 5ޖީ" އެވެ.

މި ފޯނުގެ ހާއްސަ ކަމަކީ ސެލްފީ ކެމެރާ ފޯނުގެ ޑިސްޕްލޭގެ ދަށަށް ލައިގެން ނެރޭ ފުރަތަމަ ފޯނަށްވުމެވެ. އޭގެ މާނަ އަކީ ފޯނުގެ ކުރިމަތިން ފެންނަން އިންނަ ކެމެރާ މި ފޯނުން ނުފެނުމެވެ.

"ޒީޓީއީ އެކްސޮން 20 5ޖީ" ލޯންޗްކުރި ނަމަވެސް ނެރޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފޯނުގެ ފީޗާތަކަށް ބަލާއިރު މީގެ ޑިސްޕްލޭގައި އިންނާނީ 6.92 އިންޗީގެ އޯލެޑް ސްކްރީނެކެވެ. ފަހަތުގައި ހަތަރު ކެމެރާ އިންނަ މި ފޯނުގެ ދެ ކޮންފިގަރޭޝަނެއް ނެރޭނެ އެވެ. އޭގެ ތެރެއިން އެކަތީގައި 8 ޖީބީގެ ރޭމަކާ އެކު 128 ޖީބީގެ ސްޓޯރޭޖް އިންނާނެ އެވެ. އަނެކައްޗަކީ އަށް ޖީބީގެ ރޭމާ އެކު 256ޖީބޭގެ ސްޓޯރޭޖްގެ ފޯނެކެވެ.

ޗައިނާގައި މިހާރު "ޒިޓީއީ އެކްސޮން 20 5ޖީ" ގެ ޕްރި-އޯޑަރަށް ހުޅުވާލާފައި އޮތް ނަމަވެސް އިންޓަނޭޝަނަލް މާކެޓަށް ނެރޭނެ އިރެއް ވެސް ނޭނގެ އެވެ. ޗައިނާގައި ފޯނު ވިއްކާ އަގުތަކަށް ބަލާ އިރު އަށް 128ޖީބީގެ ސްޓޯރޭޖްގެ ފޯނު ވިއްކާނީ 2،489 ޔުއާން (365.42 ޑޮލަރު) އަށެވެ. އަދި 256ޖީބީ ސްޓޯރޭޖް ފޯނު ވިއްކާނީ 2،798 ޔުއާން (409.43 ޑޮލަރު) އަށެވެ.

ސެލްފީ ކެމެރާ ފޮރުވާފައިވާ ފޯނެއް ޒީޓީއީން ލޯންޗްކޮށްފައިވާ އިރު، މި އުކުޅަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި އޮޕޯ އާއި ޝޯމީ ވެސް ހިމެނެ އެވެ. އޮޕޯ އިން މިދިޔަ އަހަރު ޝޯޓް ފޮ އަންޑަ- ސްކްރީން ކެމެރާ (ޔޫސީއެސް) ޓެކްނޮލޮޖީ ހިމަނައިގެން ނަމޫނާއެއް ހަދާފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޝޯމީން އަންނަ އަހަރު މި ޒާތުގެ ފޯނު ނެރޭނެ އެވެ.