ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކޮށް، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
04 ޖެނުއަރީ 2019
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކޮށް، ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ދެކުނުގެ ބޮޑު ބަޔަކަށް މިއަދާއި މާދަމާ ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ގަދައަށް ވައި ޖެހޭނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ފެން ބޮޑުވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ކަމަކަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. އެގޮތުން ފެން ބޮޑުވެދާނެ ކަމަށް ކުރިއާލާ ތައްޔާރުވުމާއި ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާތައް ޖެހުމާއި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް މުދާ ބަދަލު ކުރުމާއި ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.
މީގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރާ ނަމަ، ނިވާލާފައި ބެހެއްޓުމަށާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމުގެ އިތުރުން ދަތުރުކުރާ ނަމަ، މުވާސަލާތީ ކަންކަން ފުރިހަމަތޯ ޔަގީން ކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ. އަދި ލިބޭ ގެއްލުންތަކުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމަށް ވެސް އެ ބަޔާނުގައި އެދިފައިވެ އެވެ.
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި