Roadha Mihaaru
މާލޭގެ ޕްރީސްކޫލްތަކުގެ ކިޔެވުން ފެށުން ފަސްކޮށްފި

މާލޭގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން 20 ވަނަ ދުވަހަށް ފަސްކޮށްފި

09 ޖެނުއަރީ 2019

މާލޭގެ ޕްރީ ސްކޫލްތަކުގެ ދިރާސާ އާ އަހަރުގެ ކިޔެވުން ފެށުން މި މަހުގެ 20 ވަނަ ދުވަހަށް ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ޕްރީ ސްކޫލްތަކުގެ ދިރާސާ އާ އަހަރުގެ ކިޔެވުން ފެށުން މި މަހުގެ 20 ވަނަ ދުވަހަށް ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މާލޭގެ ސްކޫލްތަކަށް އެޑިއުކޭޝަންސް މިނިސްޓްރީން އިއްޔެ އެންގި އެންގުމުގައި ވަނީ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށުން މި މަހުުގެ 20 ވަނަ ދުވަހަށް ފަސްކުރަން ނިންމީ ފައުންޑޭޝަން ސްޓޭޖްގެ މަންހަޖަށް ގެނައި ބަދަލާ ގުޅިގެން އެކަން ޓީޗަރުންނާ ހިއްސާކޮށް، އެ މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ކަމަށެވެ.

އެހެންވެ، އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ޕްރީ ސްކޫލްތަކުގެ ޓީޗަރުންނަށް ވޯކްޝޮޕެއް ބާއްވަން ނިންމާފައިވާ ކަމަށް އެ އެންގުމުގައިވެ އެވެ. އެހެންވެ ޕްރީ ސްކޫލްތަކުގެ ކިޔެވުން ފެށޭނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އެ އެންގުމުގައިވެ އެވެ.

ޕްރީ ސްކޫލްތަކުގެ ކިޔެވުން ފަސް ކުރިއިރު، އެހެން ގްރޭޑްތަކުގެ ކިޔެވުން ކުރިއެކޭ ވެސް އެއްގޮތަށް އަންނަ އާދިއްތަ ދުވަހު ފެށޭނެ އެވެ.