ކެންގަރޫ ކިޑްސް ދަރިވަރުންގެ އާޓް އެގްޒިބިޝަނެއް 3000 އައިޓަމާއެކު މިއަދު ފަށައިފި އެވެ.
22 އޯގަސްޓް 2016
ކެންގަރޫ ކިޑްސް ދަރިވަރުންގެ އާޓް އެގްޒިބިޝަނެއް 3000 އައިޓަމާއެކު މިއަދު ފަށައިފި އެވެ.
ކެންގަރޫ ކިޑްސްް އާޓް އެގްޒިބިޝަން އަށް ކާ އެއްޗެހިން ތައްޔާރުކޮށްފައިވާ އެއްޗެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާޓް ގެލެރީގައި މިއަދު ހައެއް ޖަހަންދެން ކުރިއަށްގެންދާ އެގްޒިބިޝަންގައި، އެ ސްކޫލުގައި ކިޔަވަމުން އަންނަ 1000 ދަރިވަރުންގެ އަތްތެރި މަސައްކަތްތައް ފެނިގެންދާނެ އެވެ. ކޮންމެ ދަރިވަރަކު ވެސް ގާތްގަނޑަކަށް ދެތިން އައިޓަމް ހުށަހަޅާފައި ވެ އެވެ.
ކެންގަރޫކިޑްސް އާޓް އެގްޒިބިޝަންގެ ތެރޭގައި ބައެއް ދަރިވަރުން އައިޓަމްތައް ބަލާލަނީ: ކޮންމެ އަހަރަކު ވެސް މިފަދަ އެގްޒިބިޝަން ކުރިއަށްގެންދޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާޓް އެގްޒިބިޝަން ރަސްމީކޮށް ހުޅުވައިދެއްވީ ޔޫތު މިނިސްޓްރީގެ އެކްޓިން ޕާމަނެންޓް ސެކްރެޓަރީ އަލީ ޒަކީ އެވެ. ކެންގަރޫ ކިޑްސްގެ ކޯޑިނޭޓަރު ފާތިމަތު އަލީ ވިދާޅުވީ ފޮޓޯ އެގްޒިބިޝަންގެ މަގުސަދަކީ ދަރިވަރުންގެ އާޓުގެ ހުނަރުތައް ތަރައްގީކުރުން ކަމަށެވެ.
ކެންގަރޫކިޑްސް އާޓް އެގްޒިބިޝަންގެ ތެރޭގައި ބައެއް ދަރިވަރުން ބަހައްޓާފައިވާ ބައެއް އެއްޗެހި: ކޮންމެ އަހަރަކު ވެސް މިފަދަ އެގްޒިބިޝަން ކުރިއަށްގެންދޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކާ އެއްޗިއްސާއި އުކާލާ އެއްޗެހިން ގޭ އާއި ގިފްޓް ބޮކްސް އާއި ތަފާތު ކާޓޫން ކެރެކްޓާ ފަދަ އައިޓަމްތައް ހަދާފައިވަނީ ކެންގަރޫ ކިޑްސްގައި ކިޔަވަމުން އަންނަ 2-5 އަހަރުގެ ދަރިވަރުން، ކްލާސްރޫމުގައި އަމިއްލަ އަށް ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
މިއީ އެ ސްކޫލުން ބާއްވާ ހަތް ވަނަ އެގްޒިބިޝަން އެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
ކެންގަރޫ ކިޑްސްގެ ޑިސްކަވަރީ ފެއާ ބާއްވައިފި
ފޭސް2 ގެ އިންޓަނޭޝަނަލް ސްކޫލް އައިލެންޑާސް އަށް
ސްކޫލުތައް ނުހުޅުވާތީ އައިލެންޑާސްއިން އެޗުޕީއޭއަށް
މުއްދަތު ދިގުކުރި ދިރާސީ އަހަރުގެ ބޭނުން ގެއްލެނީ
ބިމުގެ ވެރިފަރާތް ނޭނގިގެން އައިލެންޑާސް އިން ކޯޓަށް
އޮންލައިންކޮށް ކިޔަވައިދޭތީ އައިލެންޑާސް ފީ ކުޑަކޮށްފި
އެޕަލް އިން ލިސްޓުކުރި އެޕްތަކުގެ ތެރޭ ރާއްޖޭގެ ހޮލޯގޯ
ސްކޫލްތަކުގައި ހޮލޯގޯ ބޭނުންކޮށްގެން ކިޔަވައިދެނީ