11 މެއި 2018
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބުނެ ބަޔަކު ސުވާލު އުފެއްދިޔަސް އެ ފުރުސަތު އެ މަނިކުނާނަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބުނެ ބަޔަކު ސުވާލު އުފެއްދިޔަސް އެ ފުރުސަތު އެ މަނިކުނާނަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ
"ޖަޒީރާ ރައީސް" ގެ ނަމުގައި ނަޝީދުގެ ކެމްޕޭން ލޯންޗު ކުރުމަށް އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ، ނަޝީދު ވެރިކަމަށް ގެންނަން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ.
"ރައީސް ނަޝީދާ ދެކޮޅަށް މަސައްކަތް ކުރާ މީހުން އުފައްދާ ސުވާލަކީ ކުރިމަތިނުލެވޭ މީހަކު ކުރިމަތިލަނީ ކީއްވެހޭ؟ ޖަވާބަކީ ގިނަ ރައްޔިތުން ހިތާ ރުހުމުން ބޭނުން ވަނީ ރާއްޖޭގެ ވެރިއަކަށް ރައީސް ނަޝީދު ގެންނަވަން،" އަސްލަމް ވިދާޅުވި އެވެ.
"އެތައް ބަޔަކު އެދޭ ރައީސް ނަޝީދު [ރިޔާސީ އިންތިޚާބަށް] ކުރިމަތިލައްވަން."
އަސްލަމް އެހެން ވިދާޅުވިއިރު، ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބަންދުކުރި މައްސަލަ ސާބިތުވެ، ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އެއާއެކު، ނަޝީދަށް ވަނީ ރިޔާސީ އިންތިޚާބުން ވެސް ފުރުސަތު ގެއްލިފަ އެވެ.
އަސްލަމް ވިދާޅުވީ، ނަޝީދާ އެކު މި ފަށާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި އާ އުއްމީދުތަކެއް ހޯދުމަށް ފަށާ ކަމެއް ކަމަށެވެ.
"މިއީ މުޖުތަމައު ރައްކާތެރި ކުރުމަށާއި ގައުމުގެ މަސްލަހަތު ދަމަހައްޓައި ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް ފަށާ މަސައްކަތެއް. ރައީސް ނަޝީދު ހުންނެވީ އެކަން ކުރައްވަން ތައްޔާރަށް،" ނަޝީދާ ގާތްގުޅުމެއް ބާއްވާ އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޔަގީން ކުރަން ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެހީތެރިކަން ދެއްވާނެ ކަމަށް. އަޅުގަނޑު މިހާރު ވެސް މަސައްކަތް ކުރަމުން މިދަނީ ރައީސް ނަޝީދުގެ ލަފާގެ މަތިން." އަސްލަމް ވިދާޅުވި ގޮތުގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާ މެދު ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެންވެ އެއި ބާތިލް ހުކުމެއް ކަމަށް ވިދާޅުވި އެވެ.
"އެތައް ކަމެއް ކޮށް ނާއިންސާފު ޝަރީއަތެއް ކޮށް ހުކުމެއް ކުރީމާ ސުޕްރީމް ކޯޓުން އެކަން ބާތިލް ކުރީމާ ބަލގައި ނުގަތީ. [އެކަމަކު] އެކަމަށް ބަލައިގެން ފަހަތަށް ޖެހިގެން ތިބެވޭކަށް ނެތް." އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ނަންފުޅު ދެހާސް އަށާރައިގެގެ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ. ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނާނެ."
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ފެބްރުއަރީ 1 ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އަމުރެއް ނެރުނު ނަމަވެސް، ފެބްރުއަރީ ހަ ވަނަ ދުވަހު ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރުގެ އެ ބައި ބާތިލްކޮށްފަ އެވެ. އެހެންވެ، ނުވަ ގައިދީއަކު ދޫކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބަންދުން ދޫކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ސިޔާސީ އިދިކޮޅު ލީޑަރުންގެ ތެރޭގައި ނަޝީދު ވެސް ހިމެނެ އެވެ.
ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަސްލަމް މިރޭ ވިދާޅުވީ ކުދި ޖަޒީރާތަކުގެ މައްޗަށް ހިމެނޭ، މި ގައުމުގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައި ދޭނެ ވެރިއަކީ ނަޝީދު ކަމަށެވެ. "ދީނީ އަދި އިޖުތިމާއީ ކަންކަން ކުރިއަރުވައި ދަމަހައްޓާނަން. މިނިވަން ނޫސްވެރިކަމެއް ގެނެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދޭނަން. ކަނޑުފަޅުގެ ނަފާވެރިކަން ހޯދައި ދޭނަން. ދަތުރުފަތުރަކުން ގުޅާލާނަން،" އަސްލަމް ވިދާޅުވި އެވެ.
"މިފަދަ ޖަޒީރާ ރަށްތަަކުގެ ރައްޔިތުންގެ އެތައް އުއްމީދެއް ހަގީގަތަކަށް ހަދައި ދެއްވާނީ ރައީސް ނަޝީދު. އެހެންވީމާ ރައީސް ނަޝީދަށް ޕްރައިމަރީގައި ހުރިހާ ބޭފުޅުން ވޯޓު ދެއްވާ. [ނަޝީދުގެ ނަން] ކަރުދާސްކޮޅުގައި އޮޮންނާނެ. ޔާމީން ބަލި ކުރައްވާނެ."
ގަން އެއާޕޯޓު ވާންޖެހޭނީ އައްޑޫގެ މިލްކަކަށް: ނަޝީދު
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
ނަޝީދުގެ މައްސަލަ އެޖެންޑާގައި ހިމަނަން އެދިއްޖެ
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކޮށްފި
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
ނަޝީދަށް ސީދާ މެސެޖު ކުރިން، ހައްލު ނުވި: އަސްލަމް
"ރިޔާސަތުން އުޅުނީ ކޮމިޓީތަކުން މެޖޯރިޓީ ގެއްލުވާލަން"