Roadha Mihaaru
500 ކައްކާ މީހުން ބައިވެރިވާ ކަލިނަރީ ޗެލެންޖް ފަށައިފި

500 ކައްކާ މީހުންނާއެކު ކެއްކުމުގެ ހުނަރު ދައްކައިދޭ ފެއާ ފަށައިފި

22 އޯގަސްޓް 2016

ކެއްކުމުގެ ހުނަރު ދައްކައިދޭ އެންމެ ބޮޑު ފެއާ، ކަލިނަރީ ޗެލެންޖް 500 އެއްހާ ކައްކާ މީހުންނާއެކު މިއަދު ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކެއްކުމުގެ ހުނަރު ދައްކައިދޭ އެންމެ ބޮޑު ފެއާ، ކަލިނަރީ ޗެލެންޖް 500 އެއްހާ ކައްކާ މީހުންނާއެކު މިއަދު ފަށައިފި އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އިން ދަރުބާރުގޭގައި މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ "އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން"ގައި ރާއްޖެ އާއި މި ސަރަހައްދުގެ އެކި ފެންވަރުގެ 500 އެއްހާކައްކާ މީހުންނާއި 75 ރިސޯޓާއި ހޮޓާ އަދި ރެސްޓޯރަންޓްތަކުން ބައިވެރިވެ އެވެ. އަދި ފެއާގައި ދައްކައިދޭ ހުނަރުތަކަށް އިންސާފުކޮށްދޭނީ ބައިނަލްއަގުވާމީ ފަނޑިޔާރުންނެވެ.

މި ފެއާ ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މިފަދަ ފެއާތަކުން ދުނިޔޭގެ ވިޔަފާރިތަކާއި ރާއްޖޭގައި ހިންގާ ގުޅުވައިދޭނެ ކަމަށެވެ.

މިފަދަ ފެއާތަކުން ވިޔަފާރީގެ ވަރަށް ގިނަ ފުރުސަތުތައް ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ހުޅުވިގެން މިދަނީ. މީގެ ފައިދާ ހަގީގަތުގައި މިކުރަނީ ދިވެހި ރާއްޖެއަށް،

"މިފަދަ ފެއާތަކުން ވިޔަފާރީގެ ވަރަށް ގިނަ ފުރުސަތުތައް ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ހުޅުވިގެން މިދަނީ. މީގެ ފައިދާ ހަގީގަތުގައި މިކުރަނީ ދިވެހި ރާއްޖެއަށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ މިފަދަ ފެއާތައް ބޭއްވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ތަންކޮޅެއް ބޮޑެތި، ޒަމާނީ ފެންވަރުގެ ކޮންވެންޝަން ސެންޓަރުތައް ހެދުން ކަމަށެވެ. އެގޮތުން ފަހުން ހަދާ ބޮޑެތި އިމާރާތްތަކުގައި އެފަދަ ޖާގަތައް ލިބެން ހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ހުޅުމާލޭގައި އަޅުގަނޑުމެން އެފަދަ ފެސިލިޓީތައް އެބަ ގާއިމުކުރަން. ކޮންވެންޝަން މިފަދަ މައިސް މާކެޓަށް ހާއްސަކޮށްގެން ބައެއް ޑިވެލޮޕްމަންޓްސްތައް [ހަދަން[،" މިނިސްޓަރު ވިދާޅުވި އެވެ.

ކަލިނަރީ ޗެލެންޖް ފެއާގެ ސްޓޯލަކަށް މިނިސްޓަރު ޒިޔާރަތްކޮށްލައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

ކަލިނަރީ ޗެލެންޖް ފެއާގެ ސްޓޯލަކަށް މިނިސްޓަރު ޒިޔާރަތްކޮށްލައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މި ފެއާއަކީ ޗެފް ގިލްޑް އޮފް މޯލްޑިވްސް އާއި ޗެފް ގިލްޑް އޮފް ސްރީލަންކާ ގުޅިގެންނެވެ.

މިފެއާ އިންތިޒާމްކުރާ އެފްއެޗްއޭއެމް އިން ބުނީ މި ފެއާގެ ސަބަބުން ކާބޯތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ފަރާތްތަކާއި ރާއްޖޭގެ ކުންފުނިތަކާ ގުޅުވައިދޭނެ ކަމަށެވެ.