Roadha Mihaaru
ފުުޑް އެންޑް ހޮސްޕިޓަލިޓީ ފެއާ އަންނަ މަހު ބާއްވަނީ

ފުުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް އަންނަ މަހު ބާއްވަނީ

30 ޖުލައި 2017

ކެއްކުމުގެ ހުނަރު ދައްކައިދޭ އެންމެ ބޮޑު ފެއާ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ކެއްކުމުގެ ހުނަރު ދައްކައިދޭ އެންމެ ބޮޑު ފެއާ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ހޮސްޕިޓަލިޓީ ސަޕްލަޔަރުން ބައިވެރިވާ އެފްއެޗްއޭއެމް ބާއްވަނީ އަންނަ މަހުގެ 8-10 އަށް ދަރުބާރުގޭގަ އެވެ. އެފްއެޗްއޭއެމް އިން އެ ފެއާގެ މައުލޫމާތު ހާމަ ކުރުމަށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެއާ ހުޅުވައިދޭނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށެވެ.

މި އަހަރުގެ އެފްއެޗްއޭއެމް ފެއާގައި ކަލްނަރީ ޗެލެންޖާއި، ބަރިސްޓާ ކޮމްޕެޓީޝަނަކާއި، ބެޑް މޭކިން އެންޑް ޑެކަރޭޓިން ކޮމްޕެޓިޝަނަކާއި، މޮކްޓެއިލް ޗެންޕިއަންޝިޕަކާއި، އިންޑަސްޓްރިއަލް ސެމިނާއަކާއި، ބިޒްނަސް ގެދަރިންގެ އިތުރުން އެވޯޑް ސަރަމަނީއެއް އޮންނާނެ އެވެ.

އެފްއެޗްއޭއެމް އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އިވެންޓެވެ. އެފްއެޗްއޭއެމްގެ ކުޑައިގެ ތެރެއިން ގިނަ ހަރަކާތްތަކެއް ހިންގަމުން ދެއެވެ.

ދިވެހި އެކްސްޕޯ ސާވިސަސް އިން އޮގަނައިޒްކުރާ އެފްއެޗްއޭއެމްގެ އިވެންޓް ޕާޓްނަރަކީ ސީޑީސީ އިވެންޓް އެންޑް ޓްރެވަލްސް އެވެ. އަދި އެފްއެޗްއޭއެމް އަކީ ޗެފްސް ގިލްޑް އޮފް ސްރީ ލަންކާ އާއި މޯލްޑިވްސް އިން އެންޑޯޒް ކޮށްގެން ބާއްވާ ހަމައެކަނި އިވެންޓެވެ.