Roadha Mihaaru
ދަތް އުނގުޅާ ބޭސް މާގިނައިން ބޭނުންކުރާތީ ގެއްލުންވޭ

ދަތް އުނގުޅާ ބޭސް މާގިނައިން ބޭނުންކުރާތީ ދަތްތައް ހަލާކުވަނީ

06 ފެބުރުއަރީ 2019

އެމެރިކާގައި، ކުޑަކުދިން ދަތް އުނގުޅަށް އެކަށީގެންވާ ވަރަށް ވުރެ މާގިނައިން ދަތް އުނގުޅާ ބޭސް ބޭނުންކުރާތީ ދަތްތަކުގައި ހުދު މައްސަލަ ދިމާވާ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ސާވޭއަކުން ދައްކައިފި އެވެ.

މި ސާވޭކުރުމަށް އުމުރުން 3-15 އަހަރާ ދެމެދުގެ 5،000 ކުއްޖެއްގެ ބެލެނިވެރިންނާ ސުވާލުކުރި އެވެ. އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މީގެ ތެރެއިން، އުމުރުން 3-6 އަހަރާ ދެމެދުގެ ކުދިން ބުރުހުގައި ބޭސް ޖަހާއިރު ބުރުހުގެ ފިހިގަނޑުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ނުވަތަ އެއްކޮށް ބޭސް ޖަހަ އެވެ. އެކަމަކު ލަފާ ދީފައި އޮންނަ މިންވަރަކީ ދަތް އުނގުޅާ ކޮންމެ ފަހަރަކު "ޕީ ސައިޒް" ގެ ނުވަތަ ތޮޅި އޮށެއް ވަރުގެ ބޭސްކޮޅެއް ޖެހުމެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިން ބުރުހުގައި ޖަހަން ޖެހޭނީ ހަނޑޫ ފުކެއްހާ ކުޑަ ބޭސްކޮޅެކެވެ. ތޮޅި އޮށެއް ވަރުުގެ ބޭސްކޮޅެއް ޖަހަން ޖެހެނީ 3-6 އަހަރާ ދެމެދުގެ ކުދިންނަށެވެ.

މާގިނައިން ބޭސް ބޭނުންކުރުން މައްސަލަ އަކަށް ވަނީ އޭގައި ހުންނަ ފްލޮރައިޑްގެ ސަބަބުންނެވެ. ފްލޮރައިޑަކީ ދަތް ހިމާޔަތްކޮށްދޭ އެއްޗަކަށް ވިޔަސް އެއީ މާގިނައިން ބޭނުންކޮށްފި ނަމަ ދަތުގެ ތަންތަންކޮޅު މާބޮޑަށް ހުދުވެ ފާޅުވާން ގޮތް މެދުވެރިވެދާނެ ކަމަށް، ދިރާސާއާ ހަވާލާދީ އޭޕީން ބުނެފައިވެ އެވެ.