Roadha Mihaaru
ޕީޕީއެމް/ޕީއެންސީ ހަ ދާއިރާއެއްގެ ކެންޑިޑޭޓުން ހޮވައިފި

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ހަ ދާއިރާއެއްގެ ޕްރައިމަރީ ބާއްވައިފި

08 ފެބުރުއަރީ 2019

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހަ ދާއިރާއެއްގެ ޕްރައިމަރީ މިއަދު ބާއްވައިފި އެވެ.

މިއަދު ބޭއްވީ މަކުނުދޫ ދާއިރާ، އަލިފުށީ ދާއިރާ، ތުލުސްދޫ ދާއިރާ، މުލަކު ދާއިރާ، ކިިނބިދޫ ދާއިރާ އަދި ފެލިދޫ ދާއިރާގެ ޕްރައިމަރީ އެވެ.

އަހްމަދު ހުސައިން އަލިފުށި ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު، ތުލުސްދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގެވެ.

އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ފެލިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު، މަކުނުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޔަޝްފާ އަބްދުލްޣަނީ އެވެ. މުލަކު ދާއިރާގެ ޕްރައިމަރީ މަރިޔަމް ޒުހައިނާ ސާދިގް ކާމިޔާބު ކުރިއިރު، ކިނބިދޫ ދާއިރާ ކާމިޔާބު ކުރީ އަހުމަދު ޚަލީލެވެ.

ކުރީގެ ބައެއް ވަޒީރުންނާއި މިހާރު މަޖިލީހުގެ ބައެއް މެމްބަރުންނަށް އެ ޕާޓީން ކުރިން އޮތީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދީފަ އެވެ. ޕީޕީއެމުން މިހާތަނަށް 53 ބޭފުޅަކަށް އެ ޕާޓީގެ ޓިކެޓް ދީފައިވާއިރު، ޕީއެންސީ އިން މިހާރު އޮތީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ޓިކެޓް ދީފަ އެވެ.