އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
13 ފެބުރުއަރީ 2019
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހެވެ. މެމްބަރު ކަމުގައި ދެ ދައުރު ފުރިހަމަކުރެވޭނެތީ، ހަބީބަށް އަލުން ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އީސީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ނަމަ، މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ އެވެ.
މިނިވަން މުއައްސަސާއެއް ކަމަށް ވާ އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އާ މެމްބަރަކު ހޯދަން ރައީސް އޮފީހުން ހުޅުވާލި އިރު، ފަސް މެމްބަރުން ތިއްބަވާ ކޮމިޝަން، ނުފޫޒުން އެއްކިބާވެ، ޒިންމާ އަދާކުރަމުން ނުދާ ކަމަށް ބޮޑެތި ތުހުމަތުތަކާ އެކު ފާޑުކިއުން އަމާޒުކުރި އެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު، ކޮމިޝަނުގެ މެމްބަރުންނާ މެދު ކުރާ ތުހުމަތުތައް މަދެވެ.
މިހާ ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ ގައުމެއް ނެތް
މެމްބަރު ޒިޔާދު އެމްއެންޕީގައި ރަޖިސްޓަރީކޮށްފި!
އީސީން ބުނަނީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް!
އީސީ އަށް ހަބީބު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި
ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ހަބީބަށް
ހަބީބާ އެކު 16 މީހެއްގެ ނަން ދިރާސާކުރަން ކޮމިޓީއަށް
އީސީގެ މެމްބަރުކަމަށް 16 މީހަކު ކުރިމަތިލައިފި
އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން ހުށަހަޅައިފި
ޝަކުވާ ބޮޑުވެފައި ވަނިކޮށް އީސީ މެމްބަރެއްގެ ޓުވީޓެއް!
އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީން ވަކިވާ އިސްލާހު ތަސްދީގުކޮށްފި