ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގައި ރަޖިސްޓަރީކޮށްފި އެވެ.
30 މެއި 2022
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގައި ރަޖިސްޓަރީކޮށްފި އެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ އީސީގެ ރަޖިސްޓަރީ އޭނާ އިއްޔެ ބެއްލެވިއިރު އޮތީ އެމްއެންޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އެއީ، އޭނާ އަށް އެނގިވަޑައިގެން ހިންގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެއް. މިހާރު ވެސް ޕާޓީގެ ބައްދަލުވުމެއްގައި މި އުޅެނީ. އެމްއެންޕީ އަށް ގެންދިޔަ ގޮތެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ކުއްލިއަކަށް ޕާޓީ ބަދަލުކޮށްފައި އޮތުން މައްސަލައެއްގެ ގޮތުގައި ނަންގަވައި، ފިއްޓެ ވިދާޅުވި ގޮތުގައި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ އެވެ.
އެމްއެންޕީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މެމްބަރު ފިއްޓެ އެ ޕާޓީގެ ރަޖިސްޓަރީގައި އޮތީ އެމްއެންޕީން ފޯމު ހުށަހަޅައިގެން ކަމަކަށް ނުބެލެވޭ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްއާރުއެމްގެ ބައެއް މަގާމުތަކުގައި ތިއްބެވި މެމްބަރުންނަށް ނޭނގި އެމްއެންޕީ އަށް ވައްދާފައިވާ ކަމަށް ބުނެ އެމްއާރުއެމުން ވެސް މި ފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ޝަކުވާ އީސީއާ ދެކޮޅަށް ޕީޕީއެމުން ވެސް ކޮށްފައިވެ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެ ޕާޓީގެ 5،000 މެމްބަރުން އެހެން ޕާޓީތަކަށް ވައްދާފައިވެ އެވެ. ޕާޓީގެ މެމްބަރުންގެ އަދަދު މަދުވުމުން އެކަން ހިނގައިދިޔަ ގޮތް އެ މެމްބަރުންނަށް ގުޅައިގެން ބަލާފައިވާ ކަމަށާއި އޭގެ ތެރެއިން 90 ޕަސެންޓް މީހުން އެހެން ޕާޓީއަކަށް ސޮއިނުކުރާ ކަމަށް ބުނެފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
ޕާޓީތަކަށް މެމްބަރުން ވަގަށް ވެއްދުމަކީ އީސީ އަށް ހައްލުކުރުމުގައި ގޮންޖެހުންތަކެއް ހުރި މައްސަލައެއް ކަަަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަން ކުރަނީ އީސީގެ ތެރެއިން ކަަމަށް ޕީޕީއެމުން އޭރު ކުރި ތުހުމަތު ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ދޮގުކުރައްވައިފަ އެވެ.
"ވަރަށް ބޮޑަށް ޔަގީންކަން އޮވޭ އީސީގެ ތެރެއިން މި ކަން ނުވާނެކަން. ކޮމިޝަންގެ ނަން ހަރާބުވާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވޭ،" ފުއާދު ވިދާޅުވެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބަރުންގެ ފޯމުތައް ކަށަވަރު ކުރުމަށްޓަކައި ސޮއިކުރާ މީހާގެ ނަން އީސީން މިހާރު އަންނަނީ އާއްމުކުރަމުންނެވެ. ފޯމު ހުށަހަޅާ މީހުންގެ ފޯނަށް މެސެޖެއް ވެސް ފޮނުވަ އެވެ. މިއީ ވެސް ޕާޓީތަކަށް ވަންނަ މީހުންގެ ފޯމު އޮޅުވާލައި އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ތުހުމަތު ބޮޑުވުމުން އީސީން އެޅި ފިޔަވަޅެކެވެ.
ގުރައިދޫ ދާއިރާގެ ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
މިހާ ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ ގައުމެއް ނެތް
ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު
ޒިޔާދުގެ މައްސަލާގައި އެމްއެންޕީ އީސީއަށް ހާޒިރުކުރަނީ
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
އީސީން ބުނަނީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް!
5،000 ސޮޔާއެކު އެމްއެންޕީ ބުދަދުވަހު އިލެކްޝަންސަށް
އީސީ އަށް ހަބީބު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި