17 ފެބުރުއަރީ 2019
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާ ބެހޭ މުއާހަދާ "ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" އިސްލާހުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާ ބެހޭ މުއާހަދާ "ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" އިސްލާހުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަޔޯސްފިޔާ ރިޒާވެއް އޮންނަ ބ. އަތޮޅުގައިވާ ދިގުފަރު އައިލެންޑް ރިސޯޓްގައި މިހާރު ކުރިއަށްދާ ކްލައިމެޓް ޑިޕްލޮމަސީ ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އދ. ވެސް އިސްލާހުކުރަން ޖެހޭ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާ ބެހޭ ގޮތުން މިހާތަނަށް ދައްކަަމުން އައީ ހުސް ވާހަކަތަކެއް ކަމަށް ވިދާޅުވެ، ދުނިޔޭގެ ބޮޑެތި ގައުމުތަކަށާއި އދ. އަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވޭ ޔޫއެން އިސްލާހުކުރަން. އަޅުގަނޑުމެން ބޭނުންބޭ ވަކިން ޚާއްސަކޮށް ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އިސްލާހުކުރަން. އަޅުގަނޑުމެން ދެކެނީ މިއީ [ނަތީޖާއެއް ނުނެރެވި ވާހަކަތައް ކުރިއަށް ގެންދިއުމަކީ]ވަރަށް ބޮޑު ގޯހެއް ކަމަށް. އަޅުގަނޑުމެންނަށް ހުއްޓުމެއް ނެތި ވާހަކަ ދައްކަމުންނެއް ނުދެވޭނެ، އެއްވެސް ނަތީޖާއެއް ނުލިބި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސަށް 2009 ވަަނަ އަހަރު އެމަނިކުފާނު ވަޑައިގެންނެވި އިރުގައި ވެސް ކުރިއަށް ދިޔައީ ވާހަކަތަކެއް ކަމަށާއި އޭގެ އަށް އަހަރު ފަހުން މިއަ އަހަރު ވަޑައިގެންނެވި އިރު ވެސް ކުރިއަށް ދަނީ ވާހަކަތެއް ކަމަށެވެ. މިއަހަރުގެ ބައްދަލުވުމުގައި(ކޮޕް 24)ގައި ޕެރިސް އެގްރިމެންޓް ތަންފީޒު ކުރާނެ އުސޫލުތަކެއް ހިމެނޭ މުއާހާދާއެއް އެކުލަވައިލެވުނުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ ވެސް އެކަށީގެންވާ ގޮތަކަށް އޮތް އެއްބަސްވުމެއް ނޫން ކަމަށެވެ.
"ނޫން އަޅުގަނޑުމެންނަށް އާދެވުނީ ޕެރިސް އެކޯޑް ތަންފީޒުކުރަން އަސްލުގައި ކުރަން ޖެހޭ ކަންތައްތައް އެކުލެވެވޭ އެއްބަސްވުމަކަށް ނޫން،" ރޫލް ބުކްގެ ނަމުގައި، ޕޮލެންޑްގެ ކެޓޮވިޗްގައި ދުނިޔޭގެ ގައުމުތަކުން ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުދި ގައުމުތަކަށް ލިބޭ ގެއްލުންތަކުގެ އިސްވެ ވާހަކަ ދެއްކީ ރާއްޖޭން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެ ދާއިރާއިން ކުރި މަސައްކަތްތަކާއި ޚުދު ނަޝީދުގެ ވެރިކަމުގައި ކުރި މަސައްކަތްތައް ވެސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ކޮންމެ ބޭފުޅެއްގެ ވެސް ހާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ ގޮތެއްގައި ކަަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގުނު ދިވެހި ރާއްޖެ ލީޑް ކުރާ ކޮންމެ މީހަކު ވެސް ކްލައިމެޓް މައްސަލަތަކަށް ސަމާލުކަން ދޭން ޖެހޭނެކަން،" ނަޝީދު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ އެ ބަދަލުތައް އައުމަށް މެދުވެރިވާ ސަބަބުތަކުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުން އެއްވެސް ހިއްސާއެއް ނުވާ ކަންތައްތަކެއް ކަމަށް ވާއިރު އޭގެ ގެއްލުން ލިބެނީ ރާއްޖެ ފަދަ ގައުމުތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ވަފުދު އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހަށް
ދިވެހިން ތިބީ މަރުވާން ތައްޔާރުވެގެންނެއް ނޫން: ނަޝީދު
މާލީއެހީ އަވަސްކޮށްދިނުމަށް ކުދި ގައުމުތަކުން ގޮވާލައިފި
މޫސުމީ ގެއްލުމުގެބަދަލަށް އެހީ ނުދޭތީ ރައީސްގެ ނުރުހުން
"ހީކުރި ވަރަށްވުރެ ހޫނުމިން އަވަސް:ގެއްލުން ބޮޑުވާނެ"
ބިން ނުހިއްކައި އެއާޕޯޓު ވެސް އެޅެން އެބަހުރި: ނަޝީދު
ކްލައިމެޓްއެމްބެސެޑަރުކަމުގެ މަގާމު ނަޝީދު ފައްޓަވައިފި
ލީޑަރުންނަށް ދަރިވަރެއްގެ ހޫނު ހަމަލާތަކެއް
ދަރިވަރުން މަޖިލީހަށް: ޕްލާސްޓިކް މަދުކޮށްދީ!
ޝާހިދުގެ މެސެޖް: ރާއްޖެ ނެތި ދާނެ، ހައްލު ހޯދައިދީ!