26 އޯގަސްޓް 2016
ޕެރިސް (އޮގަސްޓް 26) - މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ ބުރްކިނީ ފްރާންސްގެ އެކި ހިސާބުތަކުގައި މަނާކުރި ކުރުން އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޕެރިސް (އޮގަސްޓް 26) - މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ ބުރްކިނީ ފްރާންސްގެ އެކި ހިސާބުތަކުގައި މަނާކުރި ކުރުން އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ކޯޓުން ބުނީ މުޅި ހަށިގަނޑު ނިވާވާ ގޮތަށް އަޅާ ބުރްކިނީ މަނާ ކުރުމަކީ އަސާސީ މިނިވަން ކަމަކަށް ފާޅުގައި އަރައިގަތުން ކަމަށް ކޯޓަށް ގަބޫލް ކުރެވޭ ކަމަށެވެ.
ފްރާންސްގެ 30 ޓައުނެއްގައި ވަނީ ބުރުގާއާ އެކު އަޅާ ބުރްކިނީ މަނާކޮށްފަ އެވެ. އެހެންކަމުން އެ ހުރިހާ ޓައުނަކަށް ވެސް ކޯޓުގެ މި އަމުރު ހިނގާނެ އެވެ. ނަމަވެސް ފްރާންސްގެ އޮފިޝަލުން ބުނީ އެއް ޓައުނެއްގެ މޭޔަރު ވަނީ ކޯޓު އަމުރު އައި ނަމަވެސް ބުރްކިނީ މަނާކުރުން ކުރިއަށް ގެންދަން ނިންމައިފައި ކަމަށެވެ. ބުރްކިނީ މަނާކުރުމާ ބެހޭ ގޮތުން ގާނޫނީ ގޮތުން ކޯޓުން ފަހުން ގޮތެއް ނިންމާނެ އެވެ.
ނީސްގެ ގޮނޑުދޮށުގައި ބުރުގާ އަޅައިގެން އޮތް އަންހެނެއްގެ ބުރުގާ ބާލަން ފުލުހުން މަޖްބޫރު ކުރުވަނީ.
ބުރްކިނީ މަނާކުރުން ކޯޓުގެ ސަމާލުކަމަށް ގެނައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ލީގު (އެލްޑީއެޗް) އިންނެވެ. މި ޖަމާއަތުގެ އޮފިޝަލަކު ކޯޓުން ބޭރުގައި ބުނީ ބުރްކިނީ އަޅައިގެން ޖޫރިމަނާ ކުރި މީހުންގެ ފައިސާ އަނބުރާ ހޯދަން ދެން މައްސަލަ ޖެއްސޭނެ ކަމަށެވެ.
ފްރާންސްގެ ކޯޓުގެ ނިންމުމަށް އެމްނެސްޓީ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.
ބުރްކިނީ މަނާކުރުމުން ފްރާންސް އާއި ދުނިޔޭގެ އެކި ހިސާބުތަކުގައި އެކަން ވަނީ ބޮޑު ބަހުސަކަށްވެފަ އެވެ. ޚިޔާލު ހޯދުންތަކުން ދައްކާފައި ވަނީ ފްރާންސްގެ ގިނަ މީހުން ބޭނުން ވަނީ ބުރްކިނީ މަނާކުރުމަށެވެ. ބުރުގާ މަނާކުރި ޓައުންތަކުގެ މޭޖަރުން ބުނެފައި ވަނީ ހުރިހާ ދީންތަކެއްގެ މީހުންގެ ހައްގު ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު މުސްލިމުން ބުނެފައި ވަނީ އެ މީހުންނާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން ކަމަށެވެ.
ފްރާންސް ފުލުހުން އަންހެނެއްގެ ބުރުގާ ބާލުވައިފި
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ހިޖާބް އެޅޭނެ، މަނަލީ ބުރުގާ އާއި ނިގާބް: ލަންކާ
މޫނުބުރުގާ މަނާކުރުމަކީ އަންހެނުންގެ ހައްގަށް އަރައިގަތުން
މުސްލިމް ކުދިންނަށް ކޮމެންޓް ކުރި މޭޔަރު ޖޫރިމަނާކޮށްފި
ބުރުގާ އަަޅަން ޖެހޭތީ މުފްތީއާ ބައްދަލެއް ނުކުރި
ބުރުގާ އަޅާތީ ކްލާހުން ބޭރުކޮށްލި ދަރިވަރަށް ކާމިޔާބު
އިސްލާމް ދީނާއި ޓެރަރިޒަމް އޮޅުވާ ނުލުމަށް މުސްލިމް ކުއްޖާ އެދިއްޖެ
ބުރުގާ އެޅި އަންހެނަކު ފްރާންސްގެ ބީޗަކުން ބޭރުކޮށްފި