20 ސެޕްޓެމްބަރ 2016
ޕެރިސް (ސެޕްޓެމްބަރު 20) - އިސްލާމް ދީނާއި ޓެރަރިޒަމް އޮޅުވާނުލުމަށް، ފްރާންސްގެ ނީސްގައި ޖުލައި މަހު ދިން ހަމަލާގައި ތިން މެންބަރުން މަރުވި އާއިލާއެއްގެ 21 އަހަރުގެ އަންހެން ކުއްޖަކު އެދިއްޖެ އެވެ.
ޕެރިސް (ސެޕްޓެމްބަރު 20) - އިސްލާމް ދީނާއި ޓެރަރިޒަމް އޮޅުވާނުލުމަށް، ފްރާންސްގެ ނީސްގައި ޖުލައި މަހު ދިން ހަމަލާގައި ތިން މެންބަރުން މަރުވި އާއިލާއެއްގެ 21 އަހަރުގެ އަންހެން ކުއްޖަކު އެދިއްޖެ އެވެ.
ފްރާންސްގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާން އާ ކުރަން ބޭއްވި ގައުމީ ޖަލްސާގައި ބޫޒަގާން މަރްޒޫކް ބުނީ ޓެރަރިސްޓް ހަމަލާތައް ދެނީ ދީނެއް ގަބޫލް ނުކުރާ ނާތަހުޒީބު މީހުން ކަމަށެވެ.
"އަހަންނަކީ ވެސް މުސްލިމް އާއިލާއެއްގެ ކުއްޖެއް. ޓެރަރިސްޓް ހަމަލާ އާއި އިސްލާމް ދީނާ އެއްވެސް މީހަކު ގުޅުވައިގެން ނުވާނެ،" ވަރަށް ޖަރުބާތުގައި މަރްޒޫކް ވާހަކަ ދައްކަމުން ދިޔަ އެވެ.
ފްރާންސްގައި ގައުމީ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ނީސްގައި ވެހިކަލަކުން ޖައްސާ މީހުން މަރާލި ހާދިސާގެ ހަނދާން އާކުރަމުން މަރްޒޫކް ބުނީ އޭނާގެ ތިމާގެ 13 އަހަރުގެ ކުއްޖަކު ފުރޮޅު ދަށުވެ މަރުވި ކަމަށެވެ. މަރްޒޫކް އަކީ އެ ހާދިސާ އިން ސަލާމަތްވި ކުއްޖެކެވެ.
"އުއްމީދީ މުސްތަގްބަލެއް އޮތް ކުއްޖެއްގެ ފުރާނަ އެ ދުވަހު ނެތިގެން އެ ދިޔައީ. އޭނާ ބޮޑުވީ މުސްލިމް އަގީދާއެއްގެ މަތީގައި،" ރޮމުން ވާހަކަ ދައްކަމުން މަރްޒޫކް ބުންޏެވެ.
މި ރަސްމިއްޔާތުގައި ފްރާންސްގެ ރައީސް ފްރާންސްވާ އޮލެންޑާ ވަނީ ފްރާންސް އޮތީ "ހަނގުރާމައިގެ ތެރޭގައި" ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެރަރިސްޓް ހަމަލާތަކުގައި ގެއްލުން ލިބޭ މީހުންނަށް ބަދަލު ދިނުމާ ބެހޭ 30 އަހަރުވީ ނިޒާމް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވޭތުވެދިޔަ 12 މަސް ދުވަސް ތެރޭ ޓެރަރިސްޓް ހަމަލާތަކުގައި ފްރާންސްގެ 230 މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހުގައި އައިއެސް އިން ދިން ޓެރަރިސްޓް ހަމަލާގައި މަރުވި 130 މީހުން ވެސް ހިމެނެ އެވެ. އަދި ނީސްގައި ދިން ހަމަލާގައި ވަނީ 86 މީހުން މަރުވެފަ އެވެ.
ފްރާންސް ފުލުހުން އަންހެނެއްގެ ބުރުގާ ބާލުވައިފި
ހަނގުރާމައަށް ދާން އުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި
މުސްލިމުންނާއި ޔަހޫދީންނަށް ޔޫރަޕްގައި ނުރައްކާ
އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ އެސެސްމަންޓެއް ހަދަނީ
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟
ހަމަލާ ދޭން އުޅުނު ކަމަށް ބުނާ ފަސް މީހުން ވާނުވާއަށް
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ޖަލުން "ޖިހާދަށް": މާފުށީޖަލުގައި ހަރުކަށި އައްޑާއެއް