Roadha Mihaaru
ޓްރަމްޕް-ކިމް ސަމިޓް ނާކާމިޔާބުވެގެން ނިމިއްޖެ

ޓްރަމްޕް-ކިމް ސަމިޓް ނާކާމިޔާބުވެގެން ނިމިއްޖެ

28 ފެބުރުއަރީ 2019

ހެނޮއި (ފެބްރުއަރީ 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިއެޓްނާމުގައި ބޭއްވި ސަމިޓުން ނަތީޖާއެއް ފައިދާނުވެ ނިމިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހެނޮއި (ފެބްރުއަރީ 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިއެޓްނާމުގައި ބޭއްވި ސަމިޓުން ނަތީޖާއެއް ފައިދާނުވެ ނިމިއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ ސަމިޓް ނާކާމިޔާބުވީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނޯތު ކޮރެއާ އިން ހުށަހެޅުމުން އެމެރިކާ އިން އެކަމަށް އެއްބަސްނުވުމުން ކަމަށެވެ.

"އެއީ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިފައިވާ ކަމެއް. ނޯތު ކޮރެއާ އިން ބޭނުންވީ ދަތިކުރުމުގެ ފިޔަވަޅުތައް އެކުގައި ނަގަން. އެކަމަށް އެމެރިކާ އިން އެއްބަސްނުވީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ތިން ވަނަ ސަމިޓަކާ ގުޅޭ ޕްލޭނެއް އަދި ނެތް ކަމަށެވެ. ޓްރަމްޕާއި ކިމްގެ ފުރަތަމަ ސަމިޓް މިދިޔަ އަހަރު ބާއްވާފައި ވަނީ ސިންގަޕޫރުގަ އެވެ.

ވައިޓް ހައުސް އިން ކުރިން އިއުލާންކޮށްފައިވާ ޕްރޮގްރާމްގައިވާ ގޮތުން "ދެ ގައުމު ގުޅިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު" ބޭއްވުން ހަމަޖެހިފައިވެ އެވެ. އަދި ޓްރަމްޕާއި ކިމްގެ މެންދުރުގެ ފަރިއްކޮޅެއް ވެސް ޕްރޮގްރާމުގައި ހިމެނެ އެވެ. ނަމަވެސް އެ ދެ އިވެންޓް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ޓެސްޓްތައް ކުރާ ޔޮންގްބިއޮން ކޮމްޕްލެކްސް އެކުގައި ނައްތާލަން ކިމް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި ބަދަލުގައި ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އުވާލަން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އެމެރިކާ އިން އެކަމަށް ތައްޔާރެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.