Roadha Mihaaru
ޓްރަމްޕާއި ކިމްގެ ސަމިޓް މިމަހު ފަހުކޮޅު ވިއެޓްނާމްގައި

އެެމެރިކާގެ ރިޔާސީ ބަޔާން: ޓްރަމްޕާއި ކިމްގެ ސަމިޓް މި މަހު ފަހުކޮޅު ވިއެޓްނާމްގައި

06 ފެބުރުއަރީ 2019

ވޮޝިންޓަން (ފެބްރުއަރީ 6) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ދެ ވަނަ ނިއުކްލިއާ ސަމިޓް މި މަހު ފަހުކޮޅު ވިއެޓްނާމުގައި ބާއްވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 6) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ދެ ވަނަ ނިއުކްލިއާ ސަމިޓް މި މަހު ފަހުކޮޅު ވިއެޓްނާމުގައި ބާއްވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފި އެވެ.

ގައުމާ މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި ޓްރަމްޕް ވަނީ މެކްސިކޯ ބޯޑަރުގެ ފާރު ރާނާނެކަމުގެ ވައުދު ތަކްރާރު ކުރައްވައިފަ އެވެ. ޓްރަމްޕުގެ ރިޔާސީ ބަޔާން އިއްވާފައި މި ވަނީ ބޯޑަރުގައި ރާނާ ފާރުގެ މައްސަލާގައި އެމެރިކާ ސަރުކާރު ހުއްޓިފައި އެތަައް ދުވަހަކު އޮތުމަށް ފަހު އެވެ.

ޓްރަމްޕް ވިދާޅުވީ ފެބްރުއަރީ 27-28 ގައި ނޯތު ކޮރެއާގެ ލީޑަރާ އެކު ވިއެޓްނާމުގައި ދެ ވަނަ ސަމިޓް ބާއްވާނެ ކަމަށެވެ. ފުރަތަމަ ސަމިޓް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އެވެ. އެއީ އެމެރިކާގެ ވެރިކަމުގައި ހުންނެވި ބޭފުޅަކު ނޯތު ކޮރެއާގެ ލީޑަރަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

"ރަހީނުން އެނބުރި ގައުމަށް އަތުވެއްޖެ. ނިއުކްލިއާ ޓެސްޓް ކުރުން ހުއްޓިއްޖެ. ނިއުކްލިއާ މިސައިލެއް ފޮނުވާނުލާތާ 15 މަސް ދުވަސް ވެއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ ތަގްރީރުގައި ވަނީ ސިޔާސީ ބައިބައިވުންތައް ނައްތާލައި އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރަޝިޔާ އިން ޓްރަމްޕް ހޮވަން އެހީވެދީފައިވާ ކަމަށް ޑިމޮކްރެޓިކުން ކުރާ ތުހުމަތާ ގުޅިގެން ހިންގާ ތަހުގީގުގެ ސަބަބުން ގައުމުގެ އިގްތިސާދު އެތައް ތަނެއް ފަހަތަށް ޖެހިއްޖެ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އަފްޣާނިސްތާނާއި ސީރިއާގައި ހިނގާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން ކުޑަކުރާނެ ކަމަށެވެ.