Roadha Mihaaru
އިންޑިއަން އޯޝަން ކޮންފަރެންސަށް މައުމޫނަށް ދައުވަތު

އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނަށް ދައުވަތު

27 އޯގަސްޓް 2016

މި އަންނަ މަހު ސިންގަޕޫރުގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ލިބިވަޑައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަންނަ މަހު ސިންގަޕޫރުގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ލިބިވަޑައިގެންފި އެވެ.

އިންޑިއާ ފައުންޑޭޝަނުގެ ފަރާތުން ބާއްވާ މި ކޮންފަރެންސްގައި މަޝްވަރާކޮށް ވާހަކަ ދައްކާނީ ދުނިޔޭގެ ތަރައްގީ އާއި ކުރިއެރުމާއި ސުލްހަވެރިކަމުގައި މި ސަރައްދުގެ ގައުމުތަކުގެ ދައުރާ ގުޅޭގޮތުންނެވެ.

މި ކޮންފަރެންސްގައި މައުމޫން ތަގުރީރު ކުރެެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސްގައި މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ސިޔާސީ ބޭފުޅުންނާއި ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ބަންގްލަދޭޝް އާއި އިންޑޮނީޝިޔާ އަދި މެލޭޝިޔާގެ ފޮރިން މިނިސްޓަރާއި ސްރީލަންކާގެ ބޮޑުވަޒީރާއި ސިންގަޕޫރުގެ ބޮޑުވަޒީރުގެ ނައިބު ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ސައުތު އެފްރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސާއި އޮސްޓްރޭލިއާގެ މަންދޫބުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެނގިފައި ވެ އެވެ.