Roadha Mihaaru
ރެހެންދި އެވޯޑް އަށް ބޭފުޅަކާއި ޖަމިއްޔާއަކަށް

ރެހެންދި އެވޯޑް ނުވަ ފަރާތަކަށް ދީފި

07 މާޗް 2019

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ 'ރެހެންދި އެވޯޑު' މި އަހަރު އަށް ބޭފުޅަކާއި ޖަމިއްޔާ އަކައަށް މިއަދު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ 'ރެހެންދި އެވޯޑު' މި އަހަރު އަށް ބޭފުޅަކާއި ޖަމިއްޔާ އަކައަށް މިއަދު ދީފި އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބާއި އެއާކްރާފްޓް އިންޖިނިއަރަކު ހިމެނެ އެވެ. އަދި، އިޖުތިމާއީ އެކިއެކި ދާއިރާތަކުން ހަތަރު ބޭފުޅެއްގެ އިތުރުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަށް ވެސް އެވޯޑް ލިބުނެވެ.

އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރެހެންދި އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުން:

- އާމިނަތު މުހައްމަދު، މާލެ، ދަފްތަރު ނަމްބަރު: 3204. (އަދާކުރާ ވަޒީފާގެ ގޮތުން ދާއިރާ އަށް ކޮށްދީފައިވާ ޚިދުމަތަށް)

- މަރިޔަމް ޝިފްޒާން، މ. ހިޔަލީ ގުލްޝަން (އަންހެނުން އާއްމުކޮށް ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ)

- އާއިޝަތު ނާޒިމާ، ހ. ކޮޔާ (އިޖުތިމާއީ ދާއިރާ)

- މުއުމިނާ އާދަމް، ގ. ހާފްސީ (އިޖުތިމާއީ ދާއިރާ)

- އާއިޝަތު ލޫބާ، ހުޅުމާލެ ފްލެޓް/122-03-02 (އިޖުތިމާއީ ދާއިރާ)

- ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (އެމްޕްލޯޔާސް ދާއިރާ)

- އާމިނަތު އަޒްކާ އާދިލް، ދިގުވާނޑު ރޭވަން، ޏ. ފުވައްމުލައް (އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާ ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލްސް ދާއިރާ)

- އަމީނާ އަލީ ކިލޭގެފާނު، އަތިރީގެ، ގދ. ގައްދޫ (އިގްތިސޯދީ ދާއިރާ)

- އާއިޝަތު ޝިރުހާނާ، ހ. ބޮންތި (އިޖުތިމާއީ ދާއިރާ)

- އާމިނަތު މުހައްމަދު (ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބާ)