Roadha Mihaaru

ގެލެކްސީ އެސް10 ގަންނަ ކަސްޓަމަަރުންނަށް ހާއްސަ އިނާޔަތްތަކެއް

ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ސްމާޓްފޯނުގެ އެންމެ ފަހުގެ މޮޑެލް ގެލެކްސީ އެސް10 ގަންނަ ކަސްޓަމަރުންނަށް ހިލޭ އިތުރު ހިދުމަތްތަކެއް ދޭ ގޮތަށް ނިންމައިފި އެވެ.

ގެލެކްސީ އެސް10 ގަނެގެން ހާއްސަ އިނާޔަތްތަކެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

13 މާޗް 2019

ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނީގެ ސްމާޓްފޯނުގެ އެންމެ ފަހުގެ މޮޑެލް ގެލެކްސީ އެސް10 ގަންނަ ކަސްޓަމަރުންނަށް ހިލޭ އިތުރު ހިދުމަތްތަކެއް ދޭ ގޮތަށް ނިންމައިފި އެވެ.

އެ މޮޑެލްތަކުގެ ފޯނު ރަސްމީކޮށް މިދިޔަ ހުކުރު ދުވަހު ވިއްކަން ފެށުމާ އެކު ސެމްސަންގުން ގެލެކްސީ އެސް10 ގަންނަ ކަސްޓަމަރުންނަށް، މަޝްހޫރު މިއުޒިކް ޕްލެޓްފޯމް ސްޕޮޓިފައިގެ ޕްރިމިއަމް ޕެކެޖް ހިލޭ ހަ މަސް ދުވަހަށް، އަލަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އަދި ޔޫޓިއުބްގެ ޕްރިމިއަމް ޕެކެޖް ހިލޭ ހަތަރު މަހަށް ލިބޭނެ އެވެ.

ޔޫޓިއުބްގެ ޕްރިމިއަމް ޕެކެޖަކީ މަހަކު 11.99 ޑޮލަރު ޗާޖް ކުރާ ޕެކެޖެކެވެ. އެސް10 ގަންނަ ކަސްޓަނަރުންނަށް މި ޕެކެޖް ލިބޭނީ އިޝްތިހާރުތަކާ ވެސް ނުލަ އެވެ. ސްޕޮޓިފައިގެ ޕްރިމިއަމް ޕެކެޖަށް މަހަކު 9.99 ޑޮލަރު ޗާޖް ކުރެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި މި ވަގުތު ގެލެކްސީ އެސް10 ގަންނަ މީހުންނަށް ސްޕޮޓިފައި އޮފާ ލިބުނު ނަމަވެސް، މާ ލަސްތަކެއް ނުވެ އެ ކުންފުނީގެ އެހެން މޮޑެލްތަކުގެ ފޯނު ގަންނަ މީހުންނަށް ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އެވެ.

ސެމްސަންގާއި ސްޕޮޓިފައި އެކީގައި މަސައްކަތް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ.