Roadha Mihaaru
އެންމެ ވަރުގަދަ ގެލެކްސީ ޑިވައިސް 28 ގައި

އެންމެ ވަރުގަދަ ގެލެކްސީ ޑިވައިސް ނެރުން މި މަހުގެ 28 ގައި

16 އެޕްރީލް 2021

ސެމްސަންގް އިން މިހާތަނަށް ނެރޭނެ ކަމަށް ބުނެ އެންމެ ވަރުގަދަ ގެލެކްސީ ޑިވައިސްއާ އެކު މި މަހުގެ 28 އަށް އިވެންޓަށް ތާވަލުކޮށް، އޭގެ ދައުވަތު ފޮނުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެމްސަންގް އިން މިހާތަނަށް ނެރޭނެ ކަމަށް ބުނެ އެންމެ ވަރުގަދަ ގެލެކްސީ ޑިވައިސްއާ އެކު މި މަހުގެ 28 އަށް އިވެންޓަށް ތާވަލުކޮށް، އޭގެ ދައުވަތު ފޮނުވައިފި އެވެ.

ސެމްސަންގް އަންޕެކްޑްގެ ނަމުގައި ބާއްވާ އިވެންޓް ވާޗްއަލްކޮށް ބާއްވާ އިރު ކުންފުނީގެ ވެބްސައިޓުންނާއި ޔޫޓިއުބް ޗެނެލުން ވެސް ލައިވްކުރާނެ އެވެ. ނަމަވެސް އެ ދުވަހުގެ އިވެންޓްގައި ނެރޭނެ އުފެއްދުންތަކާ ބެހޭ އެއްވެސް ތަފުސީލެއް ދެކުނު ކޮރެއާގެ ކުންފުނިން ހާމައެއްނުކުރެ އެވެ.

ގެލެކްސީ ސީރީޒްގެ އެންމެ ވަރުގަދަ ޑިވައިސް ނެރޭނެ ކަމަށް ބުނެފައިވާ އިވެންޓާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ބުނީ އޭގެ ތެރޭގައި ގެލެކްސީ ސްމާޓްފޯނާއި ފަތްޖެހޭ ފޯނާއި ލެޕްޓޮޕް ވެސް ހިމެނިދާނެ ކަމަށެވެ. ދާދި ފަހުން ލީކްވެފައިވާ މައުލޫމާތުތަކަށް ބަލާ އިރު ސެމްސަންގުން ގެލެކްސީ ބުކް ޕްރޯ އާއި ޕްރޯ 360 އަދި ގެލެކްސީ ބުކް ގޯ އަކީ ވެސް 28 ގައި ނެރެފާނެ ކަމަށް ބެލެވޭ އުފެއްދުންތަކެވެ.

ދެހާސް ނަވާރައިގެ ފަހުން ސެމްސަންގުން ލެޕްޓޮޕް ނެރެފައެއް ނުވެ އެވެ.

ސެމްސަންގުގެ މި އަހަރުގެ ފުރަތަމަ އިވެންޓް ބާއްވާފައި ވަނީ މިދިޔަ މަހުގެ 17 ގަ އެވެ.