Roadha Mihaaru
މޯލްޑިވް ގޭހުން ވެސް ވިހެއުމުގެ ޗުއްޓީ 6 މަހަށް

މޯލްޑިވް ގޭހުން ވެސް ވިހެއުމުގެ ޗުއްޓީ 6 މަހަށް

12 މާޗް 2019

ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް، މޯލްޑިވް ގޭހުން ވެސް އެ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އަދި ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް، މޯލްޑިވް ގޭހުން ވެސް އެ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އަދި ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.

މޯލްޑިވް ގޭހުން ސޯޝަލްމީޑިއާގައި އާންމުކުރި ލިޔުމެއްގައިވާ ގޮތުން އެކުންފުނިން އެ އުސޫލު ތައާރަފްކުރީ އާދީއްތަ ދުވަހު އެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަހަށް އިތުރުކުރިކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭގެ ފަހުން ކުންފުނިތަކުން ވެސް އަންނަނީ ވިހެއުމުން ޗުއްޓީ ދޭ މުއްދަތު އިތުުރުކުރަމުންނެވެ. ވިހެއުމުން އަންހެނުންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.