Roadha Mihaaru
ގައުމުތަކާ ފިތުނަ އުފައްދަން ޖާގައެއް ނުދޭނަން: ރައީސް

ރާއްޖެއާ ގުޅުން އޮތް ގައުމުތަކާ ދޭތެރޭ ފިތުނަ އުފައްދަން ޖާގައެއް ނުދޭނަން: ރައީސް

16 މާޗް 2019

ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ އިންތިޚާބުގައި ނައިފަރު ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ކާރިމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ މައުލޫމާތު ފެތުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައި ހުރި ހުރިހާ ގާނޫނުތަކެއް ބާތިލްކޮށްފައިވާ ކަމަށެވެ. މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު މި ސަރުކާރުގައި އެންމެންނަށް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އުމަރު އިސްވެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބާއްވަން އުޅުއްވި ހަރަކާތައް ވަޑައިގެން ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އުމަރު އިސްވެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބާއްވަން އުޅުއްވި ހަރަކާތައް ވަޑައިގެން ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނަމަވެސް ރާއްޖޭގެ މަސްލަހަތާއި އަމަން އަމާންކަން ގެއްލުވާލައި، ދޭދޭ ގައުމުތަކާއި ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިގޮތަށް އެ އިޝާރާތް ކުރެއްވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމާއި ކޮންގްރެސް ޕާޓީ ގުޅިގެން މާލޭގައި ހަރަކާތްތަކެއް ފަށާފައިވަނިކޮށެވެ. އެގޮތުން، އާޓިފިޝަލް ބީޗުގައި އެ ހަރަކާތް ރޭ ކުރިއަށް ދަނިކޮށް، ހަރަކާތަށް ދޫކޮށްފައިވާ ހުއްދަ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރުމުން އެކަން ހުއްޓާލަން ޖެހުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނައިފަރުގައި. -- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނައިފަރުގައި. -- ފޮޓޯ: އެމްޑީޕީ

އިވެންޓު ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ބާތިލް ކޮށްފައިވާ ކަމަށް ފުލުހުން އުމަރަށް އެންގީ އިވެންޓު ފެށި ފަހުންނެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތް ބާއްވަން އުމަރު އުޅުއްވީ އިިދިކޮޅު ކޮންގްރެސް ޕާޓީ އަށް ސަރުކާރުން ދިން ހުއްދައިގެ ދަށުންނެވެ. އެކަމަކު، އެ ސަރަހައްދުގައި ހަރަކާތެއް ބޭއްވުމަށް މަސައްކަތް ކުރެއްވީ އުމަރު ކަމަށް ފުލުހުން ބުންޏެވެ.

އުމަރުގެ ހަރަކާތަށް ފާޑުކިޔައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ވިދާޅުވީ އިންޑިއާ ސިފައިން ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު ތިއްބެވި ބޭފުޅުން އެންމެ ބޮޑަށް ތުހުމަތު ކުރެއްވި އެއް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމަށް އޮތް ޖާގަ ނިގުޅައިގެންފައިވާ ކަމަށް ބުނެ ބޮޑެތި ފާޑު ކިއުންތަކެއް އަމާޒު ކުރި އެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ހައްގުތައް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

ނައިފަރުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތިއްބަވަން ޖެހޭނީ ސަރުކާރުގެ ވައުދުތައް ގަބޫލު ކުރާ ކެންޑިޑޭޓުންތަކެއް ކަމަށެވެ. އެހެންވެ، އިންތިހާބުގައި ކާރިމަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.