18 މާޗް 2019
ސަސްޕެންޑް ކޮށްފައިވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ނަމަވެސް ރައީސް އޮފީހުން ބަލަމުން އަންނަ މައްސަލަ އަދި ނުނިމޭ ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަސްޕެންޑް ކޮށްފައިވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ނަމަވެސް ރައީސް އޮފީހުން ބަލަމުން އަންނަ މައްސަލަ އަދި ނުނިމޭ ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.
މަހެއްހާ ދުވަސް ކުރިން މަހްލޫފް ސަސްޕެންޑްކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެންނެވެ. ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އޭސީސީން ހާމަކުރި އިރު، މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަމަކު، އޭސީސީން ފަހުން ބުނީ މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށެވެ.
ހޫދު "މިހާރު" އަށް ވިދާޅުވީ މަހުލޫފްގެ މައްސަލާގައި ރައީސް އޮފީހުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.
"އެ މައްސަލަ ބަލަމުން އަންނަނީ. އަދި ނުނިމޭ،" ހޫދު ވިދާޅުވި އެވެ.
މަހުލޫފްގެ ކޮރަޕްޝަން ނެތްކަން އޭސީސީން ރައީސް އޮފީހަށް އަންގާފައިވޭތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވީ އެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި އޮތަސް، މަހްލޫފް ވިދާޅުވީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ. މަހްލޫފުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާ އިން ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮއްކޮއަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން ހިންގި މުއާމަލާތެއް ކަމަށެވެ. އަދި އެކަމުގެ މުއާމަލާތާ ގުޅޭ ލިޔުންތައް ކަމަށް ބުނެ ފައިސާ ދެއްކި ކަމުގެ ރަސީދެއް ވެސް އޭނާ ވަނީ އާންމުކުރައްވައިފަ އެވެ.
އޭސީސީ މެމްބަރަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ސެޓްލްމަންޓް ކޮމިޓީގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވޭ!
މަހުލޫފްގެ ސަސްޕެންޝަން އުވާލައިފި
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން
އޭސީސީ ރިޕޯޓް ރައީސަށް ކުރިއަކުން ނުލިބޭ: ތަރުޖަމާން
ރައީސްގެ ނިންމެވުމަށް އިހުތިރާމު ކުރަން: އަކްރަމް
ދައުލަތަށް 74 މިލިއަން އަނބުރާ ހޯދަން ޖެހޭ: އޭސީސީ
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
"ކޮރަޕްޝަން ހިންގި މީހުންނަށް ފިޔަވަޅެއް ނޭޅޭ"