Roadha Mihaaru

ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީގެ ނައިބަށް ބޭފުޅަކު އައްޔަންކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

11 ޖުލައި 2018

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެ މަގާމަށް އައްޔަންކުރެއްވީ މ. އަމްފާ، ޑރ. މުހައްމަދު ޝާފިއީ އަބްދުލްމުންއިމް އެވެ.

އޭނާ އަކީ އޭޑީކޭ ހޮސްޕިޓަލްގައި ވެސް ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝާފިއީއާ އެކު ހެލްތް މިނިސްޓްރީގައި ދެ ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސީނިއާ ޕޮލިސީ އެގްޒެކެޓިވުން މިހާރު ތިއްބަވަ އެވެ.