މިލާން (މާޗް 28) – އޭސީ މިލާނާއި އިންޓަ މިލާނުން މިހާރު ބޭނުންކުރާ ސެންސީރޯ ސްޓޭޑިއަމް މަރާމާތުކުރުމުގެ ހިޔާލު ދޫކޮށްލައި، ދެ ކްލަބް ގުޅިގެން ބޭނުންކުރަން އާ ސްޓޭޑިއަމެއް އެޅުމަށް އެއްބަސްވެއްޖެ އެވެ.
28 މާޗް 2019
މިލާން (މާޗް 28) – އޭސީ މިލާނާއި އިންޓަ މިލާނުން މިހާރު ބޭނުންކުރާ ސެންސީރޯ ސްޓޭޑިއަމް މަރާމާތުކުރުމުގެ ހިޔާލު ދޫކޮށްލައި، ދެ ކްލަބް ގުޅިގެން ބޭނުންކުރަން އާ ސްޓޭޑިއަމެއް އެޅުމަށް އެއްބަސްވެއްޖެ އެވެ.
މީގެ ކުރިން ބެލެވިފައި އޮތީ މިލާނުން އަމިއްލަ ސްޓޭޑިއަމެއް ބިނާކުރާނީ ކަމަށެވެ. އަދި އޭރު އިންޓަގެ ވިސްނުން ހުރީ ސެންސީރޯ މަރާމާތުކުރުމަށް ފަހު އެތަނުގައި ދެމި ތިބޭށެވެ.
އެންމެ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް މިލާނުން ކުރެހި ޕްލޭނަށް މިހާރު އިންޓަ އިން ވަނީ އެއްބަސްވެފަ އެވެ. އިންޓަގެ ޗީފް އެގްޒެކެޓިވް އަލެސަންދްރޯ އެންޓޮނެއްލޯ ވިދާޅުވީ ދެ ކްލަބުން ވެސް އެއްބަސްވީ، ސެންސީރޯ ތަޅާޅައި އެ ސަރަހައްދުގައި އާ ސްޓޭޑިއަމެއް އެޅުމަށް ކަމަށެވެ.
ދެ ކްލަބުގެ ފައިނަލް ނިންމުން ވަރަށް އަވަހަށް މިލާނުގެ ސިޓީ ކައުންސިލާ ހިއްސާކުރުމަށް ފަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ. ގާތްގަނޑަކަށް 60،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ބިނާކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ނުވަތަ 2023 ގަ އެވެ. ސްޓޭޑިއަމް ސަރަހައްދުގައި ތަފާތު ވަސީލަތްތައް ގާއިމްކޮށް އަހަރަކު 112 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަން ލަފާކޮށްފައިވެ އެވެ. ސްޓޭޑިއަމް ބިނާކުރަން ހޭދަވާނެ ކަމަށް ބެލެވެނީ 650 މިލިއަން ޑޮލަރެވެ.
މިލާނުން 1926 އިން ފެށިގެން އަދި އިންޓަ އިން 1947 އިން ބޭނުންކުރަމުން އަންނަ 80،000 މީހުންގެ ޖާގައިގެ ސެންސީރޯ ސްޓޭޑިއަމަކީ މިލާނުގެ މުނިސިޕަލްޓީގެ ސްޓޭޑިއަމެކެވެ. ދެ ކްލަބުގެ އަތުގައި ވެސް ސީދާ އަމިއްލަ ސްޓޭޑިއަމެއް ނެތުމުން މާލީ ފައިދާ އެހާ ބޮޑަށް ނެގެން ނޯވެ އެވެ. ޔުވެންޓަސްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ވެސް ޒަމާނީ، އަމިއްލަ ސްޓޭޑިއަމެއް ލިބި މާލީ ގޮތުން ތަނަވަސްވުމެވެ.
މީގެ 92 އަހަރު ކުރިން ބިނާކުރި ސެން ސީރޯ އަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމުގައި 1934 އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅެފައިވާއިރު ޗެމްޕިއަންސް ލީގުގެ ފައިނަލް ހަތަރު ފަހަރު ވަނީ ބާއްވައިފަ އެވެ. އެއީ ޔޫރަޕުގައި ހުރި އެންމެ ރީތި އެއް ސްޓޭޑިއަމަށްވީ ނަމަވެސް 80 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމުގައި ޒަމާނީ ވަސީލަތްތަކެއް ނެތެވެ. ސްޓޭޑިއަމް ބާވުމުގެ ސަބަބުން، ވަންނަ ސަޕޯޓަރުންނަށް ވެސް އެންމެ ހިތްހަމަޖެހޭ މާހައުލެއް ނޯވެ އެވެ.
އާ ސްޓޭޑިއަމް ބިނާކޮށް، ސެންސީރޯ ބިމާހަމަކޮށްލަނީ
މިލާން ފައިނަލަށް، އިންޓަގެ އުއްމީދު ފެނަށް
އިންޓަ އެއްވަރުވުމުގެ ފައިދާ ނަޕޯލީ އަށް ނުނެގުނު
އިންޓަ ބަލިކޮށް މިލާން ސުޕަ ކަޕް ކާމިޔާބުކޮށްފި
ސުޕަ ކަޕުގެ ފައިނަލުގައި މިލާން ޑާބީއެއް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ