30 އޯގަސްޓް 2016
ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގައުމަށް އައުން މުހިއްމު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގައުމަށް އައުން މުހިއްމު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ އުސްމިންތަކަކަށް ދިއުމަށް އަދި ބާއްޖަވެރި މުސްތަގުބަލަކަށް ވާސިލްވާން، ވަތަން އެދޭ އަދި ރައްޔިތުން އެދޭ ބަދަލު އައުން މުހިއްމު ކަމަށެވެ. އޭނާ އެ ވިދާޅުވަނީ ކޮން ބަދަލުތަކެއް ކަން ސީދާ ވިދާޅެއް ނުވެ އެވެ.
Aa usmin thakah dhiumah, adhi baajja veri musthaqbalakah waasil vumah,
— Dunya Maumoon (@dunyamaumoon) August 30, 2016
wathan edhey adhi rayyithun edhey heyo badhalu thah aun muhimmu
ދުންޔާ ކުރެއްވި ޓުވީޓް.
އެކަމަކު ރައްޔިތުން އެދޭ ފަދަ ބަދަލުތައް އަންނަން ޖެހޭ ކަމަށް ދުންޔާ މި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ބައްޕާފުޅު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނަވަނިކޮށެވެ. ގާނޫނުއަސާސީއާ ހިލާފަށް މި ސަރުކާރުން ކުރާ ބައެއް ކަންކަމާ ދެކޮޅު ހައްދަވައި އެއީ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން ކަމަށް ފާޅުގައި މައުމޫން ގެންދަވަނީ ވިދާޅުވަމުންނެވެ.
އޭގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ރާއްޖެ އިން ބިން ދޫކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި އެއްވެ އުޅުމުގެ ހައްގު ހަނިކުރަން ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރި ގާނޫނުތައް ހިމެނެ އެވެ. މައުމޫން ވިދާޅުވެފައިވާ ގޮތުގައި، އޭގެ ސަބަބުން ގައުމާއި ރައްޔިތުންނަށް ލިބޭނީ ގެއްލުމެވެ.
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައި "ހިމޭނުން" ހުންނެވުމަށް ފަހު ދުންޔާ މިގޮތަށް މި ޓުވީޓްކުރެއްވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަދަލުތަކަކާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ބީބީސީން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އަދި ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރަން އިދިކޮޅު އިއްތިހާދުން ވެސް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުގެ ބައެއް އަމަލުތަކާ ދެކޮޅަށް ބޭރުން ކުރިމަތިކުރުވި ގޮންޖެހުންތަކާ އެކު ވެސް ސަރުކާރު ދިފާއުކުރެއްވުމުގައި ހުންނެވުމަށް ފަހު، ދުންޔާ މަގާމު ދޫކޮށްލެއްވީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅޭގޮތާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. މަރުގެ އަދަބު ތަންފީޒުކުރަން ފެށުމުގެ ކުރިން ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ދުންޔާ، މަގާމް ދޫކޮށްލެއްވިއިރު ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. ޕާޓީގެ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބޭއިރު، ރައީސް ޔާމީންގެ ފެކްޝަނުން އޮތީ މައްސަލަ ސިވިލް ކޯޓަށް ވައްދައިފަ އެވެ.
ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ކުރާ ކަންކަމާ މެދު ދުންޔާ ވެސް ހިތްހަމަޖެހިވަޑައިނުގެން ހުންނެވިއިރު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ގެންދަވަނީ ސަރުކާރާ ދެކޮޅަށް ބަސް ވިދާޅުވަމުންނެވެ. އެ މައްސަލާގައި، ފާރިސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭރުކޮށް، ސުލޫކީ ކޮމެޓީ މެދުވެރިކޮށް ޕާޓީން ވެސް ވަކިކުރި އެވެ. އެކަމަކު ޕީޕީއެމް އޮފހުން އެކަން ބަލައެއް ނުގަތެވެ.
ދުންޔާގެ ނިންމުމުން ހައިރާންކަން، ފާޑުކިޔުން މައުމޫނަށް
ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
މުޖުރިމުންނަށް ރާއްޖޭގައި ޖާގައެއް ނެތް: ރައީސް ޔާމީން
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"
ފާރިސް، ރައީސް ޔާމީނަށް އޮތް ބިރެއްތަ؟
އިމްތިޔާޒު ލިބުނަސް ގާނޫނު މުގުރައެއް ނުލެވޭނޭ: ރައީސް
އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫން، ޖަލުގައި:މައުމޫން