Roadha Mihaaru
ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނޯންނާނެ: ރައީސް

މި ސަރުކާރުގައި ފުލުހުންނަކަށް ސިޔާސީ ނުފޫޒެއް ނޯންނާނެ: ރައީސް

29 މާޗް 2019

މި ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ހިނގަމުންދާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ހިނގަމުންދާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގައުމުގެ ހަމަޖެހުން އޮންނާނީ ފުލުހުންގެ ތެދުވެރިކަމުގެ މައްޗަށް ކަމަށާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއް ނެތި، ގާނޫނީ އިމުގެ ތެރެއިން އަމަން ގާއިމް ކުރަން މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު ފުލުހުންނަށް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް ކަމުގެ ޔަގީންކަން ތިޔަ ހުރިހާ ފުލުހުންނަށާއި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އެހެންވީމާ ހުރިހާ ފުލުހުން ވެސް ތެދުވެރިކަމާއި ވަފާތެރިކަމާ އެކު މަސައްކަތް ކުރައްވަންވީ ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސް ދިނުމަށް،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސިޔާސީ ނުފޫޒާއި ކޮރަޕްޝަނަކީ ފުލުހުންގެ އިތުބާރު ގެއްލޭ އެންމެ ބޮޑު ސަބަބެވެ. އަދި ވިދާޅުވީ މިދިޔަ އަހަރުތަކުގައި ފުލުހުންގެ އިތުބާރު ވަރަށް ބޮޑަށް އޮތީ ގެއްލިފައި ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަމުގައި ވޭތުވެދިޔަ މުއްދަތުގައި އެ އިތުބާރު އަނބުރާ ލިބެމުން އަންނަ ކަމަށާއި އެންމެ ބޮޑު ބަދަލެއް އެ މުއްދަތު ގެނެސްދިނީ ވެސް ފުލުހުންގެ މުއައްސަސާ އިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުގެ ވެރިކަމުގެ ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައި މުއައްސަސާގެ ގޮތުގައި ފުލުހުންގެ މުއައްސަސާ މިއަދު އަޅުގަނޑު ފާހަގަކުރަން." މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

"ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ އަދުލު އިންސާފު ނުލިބުން. އަދުލު އިންސާފަށް ވާސިލްވުމުގެ އެންމެ ފުރަތަމަ މަރުހަލާ އަކީ ފުލުހުންގެ ތަހުގީގު. އެހެންވީމާ ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ އެތައް ގުނައެއް އަވަސް ކުރަންޖެހޭ. އަދި ފުލުހުންގެ ތަހުގީގު ބިނާ ކުރަން ވާނީ ކުށްވެރިޔާ އަށް ސަލާމަތް ނުވެވޭ ގޮތަށް އަދި ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭ ގޮތަށް،" ރައީސް

ފުލުހުންގެ ޚިދުމަތަކީ އެންމެ މުހިންމު އެއް ގައުމީ ޚިދުމަތް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އާންމުންނަށް އަމިއްލަ ދިރިއުޅުމުގައި މިނިވަންކަމާ އެކު އުޅެވެނީ ފުލުހުން ރެ އާއި ދުވާލު ކުރާ މަސައްކަތުން ކަމަށެވެ. އަދި ފުލުހުންނަކީ ޕްރޮފެޝަނަލް ކަމާ އެކު އަދި އަބަދުވެސް އާންމުންނާ ހިނިތުންވުމާ އެކު ބައްދަލުކުރާ ބަޔަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިތުބާރު ހޯދުމުގައި ފުލުހުން ކުރަންޖެހޭ އެންމެ މުހިންމު ކަންކަމަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ފުލުހަކާ ބައްދަލުވާ ހިނދު ރައްޔިތު މީހާ އަށް ކުރެވެން ވާނީ އަމާންކަމާއި ބިރެއް ނެތްކަމުގެ އިހްސާސް. ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް އިހްތިރާމާއި ލޯބި ލިބެން ފަށާނީ މި ދެންނެވި އިތުބާރު އުފެދިގެން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުލުހުންގެ އެންމެ އިސް ދައުރަކަށް ވާންޖެހޭނީ ކުށް ކުރުމުން ފިޔަވަޅު އެޅުމަށް ވުރެ، ކުށް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވުމަށެވެ. އެކަމަށްޓަކައި ކުށްކުރާ ސަބަބުތައް ހޯދައި ދެނެގަތުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ. ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް ލިބުމުގައި ގޮންޖެހުންތައް ހުރި ކަމުގައި ވިޔަސް، މިހާރު ވެސް އެންމެ ބޮޑު ޚަރަދެއް ކުރާ އެއް މުއައްސަސާއަކީ ފުލުހުން ކަމަށާއި އެހެންވެ، އޭގެ ނަތީޖާ ފެންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ އަވަސް ކުރެވެން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު އަދި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު އަދި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ އަދުލު އިންސާފު ނުލިބުން. އަދުލު އިންސާފަށް ވާސިލްވުމުގެ އެންމެ ފުރަތަމަ މަރުހަލާ އަކީ ފުލުހުންގެ ތަހުގީގު. އެހެންވީމާ ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ އެތައް ގުނައެއް އަވަސް ކުރަންޖެހޭ. އަދި ފުލުހުންގެ ތަހުގީގު ބިނާ ކުރަން ވާނީ ކުށްވެރިޔާ އަށް ސަލާމަތް ނުވެވޭ ގޮތަށް އަދި ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭ ގޮތަށް،"ޕޮލި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުން މަސައްކަތް ކުރަން ވާނީ ފުލުހުން ކަމަށާއި ފުލުހުންނާއި ރައްޔިތުންނަކީ އެއް އާއިލާއެއް ކަމުގައި ދެކެންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ވެސް އޮތީ އާންމުންނާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވި އެވެ.