Roadha Mihaaru
ވަގު ލިޔުމެއް ހަދަން އެދުނު ކަމުގެ ދައުވާ ވަކީލަކަށް

ވަގު ލިޔުމެއް ހަދަން އެދުނު ކަމަށް ބުނެ އަދީބުގެ ކުރީގެ ވަކީލަކަށް ދައުވާކޮށްފި

30 އޯގަސްޓް 2016

ސައްހަ ނޫން ގޮތުގައި ލިޔުމެއް ހަދަން އެދުނު ކަމަށް ބުނެ ވަކީލެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައްހަ ނޫން ގޮތުގައި ލިޔުމެއް ހަދަން އެދުނު ކަމަށް ބުނެ ވަކީލެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް ހަދަން އެދުނު ކަމަށް ބުނެ ދައުވާ އުފުލާފައިވަނީ ސ. މީދޫ ދޮންދީދީ މަންޒިލް އަހުމަދު ތާލިބުގެ މައްޗަށެވެ. އެކަމަކު އޭނާގެ މައްޗަށް އެ ދައުވާކުރަނީ ކޮން ކަމަކާ ގުޅިގެންކަން ސާފެއް ނުވެ އެވެ.

އެ މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިއަދު އޮތެވެ.

ތާލިބަކީ ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލަކަށް ވެސް އުޅުނު މީހެކެވެ. އެކަމަކު، ފަހުން އޭނާ ވަނީ އަދީބުގެ ވަކީލު ކަމުން އަމިއްލަ އަށް ވަކިވެފަ އެވެ.

ތާލިބުގެ މައްސަލައެއް ބަލަމުން ދާތީ އޭނާ އަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން އޭނާ ސަސްޕެންޑްކުރި އެވެ. އެކަމަކު ފަހުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ.