މި ވަގުތު ދުނިޔޭގެ އެންމެ ފުން ޕޫލްގެ ރިކޯޑް އޮތީ އިޓަލީއަށެވެ. އުތުރު އިޓަލީގެ މޮންޓެގްރޯ ޓާމީގައި ޢޮންނަ އެ ޕޫލްގެ ފުންމިނަކީ 42 މީޓަރެވެ.
06 އެޕްރީލް 2019
މި ވަގުތު ދުނިޔޭގެ އެންމެ ފުން ޕޫލްގެ ރިކޯޑް އޮތީ އިޓަލީއަށެވެ. އުތުރު އިޓަލީގެ މޮންޓެގްރޯ ޓާމީގައި ޢޮންނަ އެ ޕޫލްގެ ފުންމިނަކީ 42 މީޓަރެވެ.
އެކަމަކު އިޓަލީގެ އެ ރިކޯޑް ދެން މާ ލަހެއް ނުވެ، ޕޮލެންޑުން މުގުރައިލާނެ އެވެ. އެ ގައުމުން މިހާރު އަންނަނީ ދުނިޔޭގެ އެންމެ ފުން ޕޫލްގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ. ފުންމިނުގައި 45 މީޓަރު (15 ބުރީގެ އިމާރާތެއްހާ އުސް) ހުންނަ އެ ޕޫލް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވާނެ އެވެ.
މި ޕޫލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު މި މަސައްކަތާ ބެހޭ ތަފުސީލުތައް ވެސް އަންނަނީ "ޑީޕްޕޯސްޓް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ހިއްސާ ކުރަމުންނެވެ. އޭގައި ބުނާ ގޮތުން ޕޮލަންޑްގައި ގާއިމު ކުރާ އެންމެ ފުން ޕޫލަކީ އޮލިމްޕިިކް-ސައިޒްގެ 27 ޕޫލް ވަރުގެ ޕޫލަކަށް ވާނެ އެވެ. ބިމުގެ 148 ފޫޓް އަޑީގައި ގާއިމު ކުރާ މި ޕޫލްގައި 8،000 ކިއުބިކް މީޓަރުގެ ފެން ބޭނުން ކުރާނެ އެވެ.
ޕޫލް ފަރުމާކޮށްފައި ވަނީ ހުރިހާ އެންމެންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް އޯޕަން ޕޫލެއްގެ ގޮތުގަ އެވެ. މިއީ އަހަރުގެ ހުރިހާ ދުވަހެއްގައި 24 ގަޑިއިރު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕޫލެކެވެ. އަދި މިއީ އާދައިގެ ފެތުންތަކަށް އެރޭ އެރޭ މީހުންނަށާއި ޕްރޮފެޝަނަލް ޑައިވަރުންނަށް ވެސް ހާއްސަ ޕޫލެކެވެ.
ޑީޕްސްޕޮޓް އިން ބުނި ގޮތުގައި ދުނިޔޭގެ އެންމެ ފުން ޕޫލްގެ ރިކޯޑް ހޯދަން މި ޕޫލް ހަދަނީ އަންޑަވޯޓަ ޓަނަލް ވެސް ހިމެނޭ ގޮތަށެވެ. މީގެ ބޭނުމަކީ ޕޫލްގެ އަޑީގައި ހިންގާ ހަރާކާތްތައް ބަލައިލުމުގެ ފުރުސަތު ވެސް މީހުންނަށް ފަހިކޮށްދިނުމެވެ. އެގޮތުން ޓަނެލްގައި ކޮންފަރެންސާއި ޓްރޭނިން އަދި ހޮޓެލް ރޫމްތަކެއް ހުންނާނެ އެވެ.
އޮގަސްޓް މަހު މި ޕޫލް ހުޅުވާނެ ކަމަށް ބުންޏަސް އަދި ސީދާ ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
45 މީޓަރު: އެންމެ ފުން ޕޫލް ޕޮލެންޑުގައި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް
ގިނަ ރެކޯޑްތަކެއް، މީކުރިން ވާސިލު ނުވެވުނު ރާސްތާއެއް
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
އެންމެ ފުން ޕޫލް ދުބާއީގައި؛ 196 ފޫޓު
ލަންޑަނުގައި ދެ އިމާރާތެއް ޕޫލަކުން ގުޅުވާލައިފި
އެންމެ ބޮޑު އަދި ފުން ޕޫލް ޔޫކޭގައި ހަދަނީ
ކޯރެއްގެ ތެރޭގައި ފްލޯޓިން ޕޫލެއް ހަދަނީ
ފުވައްމުލަކުގައި މިއޮތީ ރާއްޖޭގެ އެންމެ ފުން ޕޫލް
ދިވެހިންގެ އޯގާތެރިކަން ފެނި ޓޫރިސްޓަކު އިސްލާމް ވެއްޖެ